ގިނަ ދުވަސްތަކަކަށްފަހު ސަޕުލައިފެން ގެނައުމުން ހަންތައް ކައިރީ ކިއު ޖެހިއްޖި — Ihavandhoo.com

ގިނަ ދުވަސްތަކަކަށްފަހު ސަޕުލައިފެން ގެނައުމުން ހަންތައް ކައިރީ ކިއު ޖެހިއްޖި

22 މެއި 2014 0

ްއިހަވަންދޫ ތަޢާވުން މިސްކިތް ކައިރީހުރި ހަންތަކުން މީހުން ފެން ގެންދަނީ. ފޮޓޯ: ފޭސްބުކު

އިހަވަންދުއަށް ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ފާއިތުވުމުގެ ސަބަބުން ރަށުން ވާރޭފެން ހުސްވެ، ބޯފެނަށް ޖެހުމާއި ގުޅިގެން ދެވަނަ ފަހަރަށް ރަށަށް ސަޕުލައިފެން ގެނެސްފިއެވެ.

ނެޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓް ސެންޓަރުން މިއަދު އިހަވަންދުއަށް ސަޕުލައިފެން ފޯރުކޮށްދިނުމާއި އެކު ފެން އަޅާފައިވާ ހަންތައް ކައިރީ ވަނީ ދިގު ކިއޫތަކެއް ހަދާފައެވެ. މިއަދު ހެނދުނުން ފެށިގެން މިހާރުވެސް ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ފުޅިތަކާއި ހަންތަކަށް ފެން އަޅަމުން ނެވެ.

އިހަވަންދޫ ކައުންސިލުން ހާމަކުރެއްވި ގޮތުގައި މިފަހަރު އިހަވަންދުއަށް 50 ޓަނުގެ ފެން ފޯރުކޮށްދީފައި ވެއެވެ. އަދި ފެން ހުސްނުވެ ލިބޭނެ ފަދަ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި މަސައްކަތް ކުރަމުން ދާކަމަށް ކައުންސިލުން ހާމަކުރައްވައެވެ.

ސަޕުލައި ފެން ބަލާ ދިޔަމީހަކު ބުނީ ފެން ލިބެނީ އެތައް އިރަކު ކިޔޫގައި ހުރެގެން ކަމަށާއި "އެކުން އެހާ ގިނަ އިރު ވަނީ ބައެއް މީހުން މާ ގިނަ ފުޅިތަކާއި ހަންތައް ހިފައިގެން" އަންނާތީ ކަމަށެވެ.

އިހަވަންދޫ ކައުންސިލް, ވިއްސާރަ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ