ފެންބަންދުކުރާ ޕްލާންޓުގެ މަސައްކަތަށް ބޭނުންވާ ސާމާނު ހޯރަފުއްޓަށް ގެނެސްފި

14 ސެޕްޓެމްބަރު 2020 1

ހޯރަފުށީގައި އެޅުމަށް ހަމަޖެހިފައިވާ ބިއްލޫރި ފެންފުޅި އުފައްދާ ފެން ޕްލާންޓުގެ މަސައްކަތައް ބޭނުންވާ ސާމާނު ހޯރަފުއްޓަށް ގެނެސްފައި. ފޮޓޯ: ހޯރަފުށީ ކައުންސިލް

އަވަށްޓެރި އިންޑިއާގެ ހިލޭ އެހީގައި ހއ. ހޯރަފުށީގައި އެޅުމަށް ހަމަޖެހިފައިވާ ބިއްލޫރި ފެންފުޅި އުފައްދާ ފެން ޕްލާންޓުގެ މަސައްކަތައް ބޭނުންވާ ސާމާނު ހޯރަފުއްޓަށް ގެނެސްފިއެވެ.

ހޯރަފުށީ ކައުންސިލުން މިއަދު ހާމަކޮށްފައިވާގޮތުގައި މިމަސައްކަތައް ބޭނުންވާ ސާމާނައި މަސައްކަތް ކުރާ ފަރާތްތައް ހޯރަފުށީގައި ބަނދަރުކޮށްފައިވާ ކަމަށެވެ.

މިއަހަރުގެ ފެބުރުވަރީ 2 ވަނަ ދުވަހު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިމަޝްރޫއު ފެށުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރައްވާފައި ވަނީ މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އަދި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރެވެ.

އިންޑިއާގެ ހިލޭ އެހީގެ ދަށުން ޖުމުލަ 6 މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ނިންމާފާވައިވާއިރު ހޯރަފުށީގެ މަޝްރޫއުގެ ތަފްސީލް ދެއްވައި ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ ހޯރަފުށީގައި ކުރިއަށް ގެންދާ މަޝްރޫއުގެ ސަބަބުން ސަރުކާރުގެ އިދާރާތަކަށާއި، އޮފީސްތަކުގެ އިތުރުން އާންމު ތަންތަނަށް ބިއްލޫރު ފުޅީގައި ބަންދުކުރާ ފެން ފޯރުކޮށްދެމުން ދާނޭ ކަމަށެވެ. މި މަޝްރޫއުގެ ސަބަބުން ސިންގަލް ޔޫސް ޕްލާސްޓިކް ރާއްޖެއިން ނައްތާލުމަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

ހޯރަފުށީގައި ގާއިމުކުރާ ފެންބަންދުކުރާ ޕްލާންޓުގެ މަޝްރޫގެ އަގަކީ 51،900 ޑޮލަރެވެ.

ހއ. ހޯރަފުށި

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އިންޑިއާ މީހުން އިހަވަންދޫގައި ހެދި އެމަރޖެންސީ ސެންޓަރަށް ވީ ގޮތް ސަރުކާރުން ތަފްސީލްކޮށްދޭން ޖެހޭ

– 15 ސެޕްޓެމްބަރު 2020 0