ފޭރު — Ihavandhoo.com

ފޭރު

16 އޮކްޓޫބަރު 2013 0

އަޅުގަނޑުމެންގެ ތެރޭގައި އާމުކޮށް ބޭނުންކޮށް އުޅޭ ތަރުކާރީއާއި މޭވާތަކުން  ސިއްހީ ގޮތުން ލިބޭ މަންފާތަކަށް ބަލައިލާ ގެނެސްދޭ މިސިލްސިލާގެ ދެވަނަ ލިޔުމުގައި  މިފަހަރު އިހަވަންދޫ ޑޮޓް ކޮމްގެ ޒަރިއްޔާއިން މިގެނެސްދެނީ ފޭރުން ލިބޭ ސިއްހީ ފައިދާއަށެވެ. ފޭރުން ލިބޭ ސިއްހީ ފައިދާއަށް ބަލައިލުމުގެ ކުރިން ފޭރުގެ ކުރުތައުރޭފެއް ދިނުން މުހިންމު ކަމެއް ކަމަށް ދެކެމެވެ. ފޭރަށް  އިނގިރޭސި  ބަހުން  Guava އޭ ކިޔައެވެ. އަރަބި ބަހުން ކިޔާ ނަމަކީ  جوفاة މިހެންނެވެ.  މިއީ ގަހެއްގައި އަޅާ މޭވާ އެކެވެ. ފޭރުގެ ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ. އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތު ކުށަކަށް ނުވަނަމަ ފޭރުގެ 100 އަށްވުރެ ގިނަ ވައްތަރު ހުރެއެވެ.

ފޭރުގެ ކޮންމެ 100 ގްރާމަކުން 51 ކިލޯ ކެލެރީ ހަކަތަ އިންސާނާއަށް ލިއްބައިދޭކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. އަދި ހަމައެހެންމެ ފެޓްގެ 0.3 ގުރާމްގެ މިންވަރު ފޭރުގެ ކޮންމެ 100 ގްރާމަކުން ލިއްބައިދެއެވެ. ކޮންމެ 100 ގްރާމެއްގެ ފޭރުން ހަށިގަނޑަށް ލިއްބައިދޭ ކާބޯހައިޑްރޭޓްގެ މިންވަރު 11.2 ގްރާމަށް އަރާކަމަށް ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ވިދާޅުވެއެވެ. އިންސާނާގެ ހަށިގަނޑަށް 0.9 ގްރާމްގެ ޕްރޮޓީންގެ މިންވަރު ކޮންމެ 100 ގްރާމެއްގެ ފޭރަކުން ލިއްބައިދެއެވެ.

ކޮންމެ 100 ގަރާމެއްގެ ފޭރަކުން ވިޓަމިން-އޭ ( ކެރޮޓީން) ލިއްބާދޭ މިންވަރު 0 މައިކުރޯގްރާމަށް އަރާކަމަށާއި 212 މިލިގްރާމްގެ ވިޓެމިންސީ ހަށިގަނޑަށް ލިބޭކަމަށްވެސް ސިއްހީ މާހިރުން ވިދާޅުވެއެވެ. އަދި  ކެއުމަށް ބޭނުންކުރާ ކޮންމެ  100 ގްރާމް ފޭރަކުން 10 މިލިގްރާމްގެ ކެލިސިއުމް ހަށިގަނޑަށް ލިއްބާދެއެވެ. އަދި ދަގަނޑުގެ މިންވަރު 1.4 މިލިގްރާމާ ހަމައަށް  ހަށިގަނޑަށް ލިބޭނެކަމަށްވެސް ވިދާޅުވެއެވެ. ކޮންމެ 100 ގްރާމް ފޭރުން ފޮސްފަރަސް ލިބޭމިންވަރު 28 މިލިގްރާމަށް އަދި ފައިބަރު ލިބޭމިންވަރު 5.2 ގްރާމަށް އަރާކަމުގައި ސިއްހީދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެއެވެ. ކޮންމެ 100 ގްރާމް ފޭރަކުން 0.03 މިލިގްރާމްގެ މިންވަރު، ތިއެމިންއާއި  ރައިބޯފްލެވިން ހަށިގަނޑަށް ލިއްބައިދެއެވެ.

އަދި ކޮންމެ 100 ގްރާމް ފޭރުން ނިއެސިން 0.4 މިލިގްރާމަށް ލިއްބައިދޭކަމަށާއި އިސްވެދެންނެވި މައުދަންތަކުގެ އިތުރަށް 100 ގްރާމްގެ ފޭރުން އެހެނިހެން މަޢުދަންތަށް ލިއްބައިދޭ މިންވަރަކީ 0.7 މިލިގްރާމެވެ.

ފޭރުގެ ސަބަބުން ހިތުގެ މައްސަލަތައް ކުރިމަތިވުން ކުޑަކޮށްދެއެވެ. އެހެނީ ފޭރަކީ ލޭގެ ޕްރެޝަރ ވަކި މިންވަރެއްގައި ހިފަހައްޓާދީ، ލޭގެ ކޮލެސްޓީރޯލް ގެ މިންވަރު ދަށްކުރުމަށް އެހޭތެރިވެދޭ އެއްޗެކެވެ. ފޭރުގައި ހިމެނޭ ވިޓަމިންސީގެ ސަބަބުން ހިތުގެ ބަލިތަކުން ރައްކާތެރި ވުމުގައި އެހީތެރިވެދެއެވެ. ފޭރުގައި ހިމެނޭ ”ލައިކޯޕީން” އޭ ކިޔޭ މާއްދާއެއްގެ ސަބަބުން ކެންސަރުން ހިމާޔަތް ކުރުމުގައި އެހީތެރިވެދެއެވެ.  ޚާއްޞަ ގޮތެއްގައި އެއީ މައިދާ، ޕްރޮސްޓޭޓް، އަދި ފުއްޕާމޭގެ ކެންސަރުން ހިމާޔަތް ކޮށްދިނުމުގައި އެހީތެރިވެދޭ މާއްދާއެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.އަދި ފޭރު ކެއުމުގެ ސަބަބުން ލޭގައި އެކުލެވޭ ހަކުރުގެ މިންވަރު ދަށްކޮށްދޭ ކަމަށްވެސް ސިއްހީ މާހިރުން ފާހަގަކުރެއެވެ.

މޭވާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ