މައި ކަޕް 2018: ފައިނަލް މެޗަށް ޓީމު ފުރިހަމައަށް ތައްޔާރު – ފަޔާޒު — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

04 ދުވަސް

މައި ކަޕް 2018: ފައިނަލް މެޗަށް ޓީމު ފުރިހަމައަށް ތައްޔާރު – ފަޔާޒު

20 ޑިސެމްބަރު 2018 0

ޖަންގަލް ޓީމުގެ ކޯޗު ޙުސައިން ޔަޔާޒް. ފޮޓޯ: ލަޔާން

މައި ކަޕް 12 ވަނަ ފުޓުބޯޅަ މުބާރާތުގެ ފައިނަލަށް މިރޭ މާރަންދޫ ޔޫތު ސޮސައިޓީއާ ދެކޮޅަށް ނިކުންނައިރު ޖަންގަލް ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރުވެފަ ކަމަށް ޖަންގަލް ޓީމުގެ ކޯޗު ޙުސައިން ފަޔާޒު ބުނެފިއެވެ.

"އިހަވަންދޫ.ކޮމް" އާ ވާހަކަ ދައްކަމުން ފަޔާޒު ބުނީ މިރޭގެ މެޗަށް ނިކުންނައިރު ޓީމުގައި އަނިޔާގެ މައްސަލައެއް އަދި އެއެވެސް ސަސްޕެންޝަނެއް ނެތުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި ހުރިހާ ކުޅުންތެރިންވެސް ތިބީ ޖަންގަލް އަށް މެޗު ކާމިޔާބު ކޮށްދީ އިހަވަންދޫގައި މުބާރާތުގެ ތަށި ބެހެއްޓުމުގެ ގަދަފަދަ ރޫހުގައި ކަމަށެވެ. އިތުރަށް ފަޔާޒުބުނީ މުބާރާތުގެ ކުއާޓާރ އަދި ސެމީ ފައިނަލް މެޗުގެ ފުރިހަމަ ބަގުތު ނަތީޖާ ނުނެރެވުނު ނަމަވެސް މިރޭގެ މެޗުގެ ފުރިހަމަ ވަގުތުގައި ނަތީޖާ ނެރުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރާނެ ކަމަށެވެ.

ޖަންގަލް ރަސްމީ ފޭސްބުކް ޕޭޖުގައި ޓީމާއެކު މިއަދު އާންމުކުރި މެސެޖުގައި، މިދިޔަ އަހަރު ޖަންގަލް އަށް މައި ކަޕް ކާމިޔާބުކޮށްދިން ކޯޗު ބުނީ މިރޭގެ މެޗަށް ނިކުންނަނީ މިދިޔަ އަހަރެކޭ އެއްގޮތަށް ޖަންގަލް ތަމްސީލުކުރުމަށްވުރެއް ބޮޑަށް މުޅި އިހަވަންދޫ ތަމްސީލް ކުރުމަށް ކަމަށެވެ. މީގެ އިތުރުން ފަޔާޒުވަނީ މައި ކަޕް 2018 ގައި އިހަވަންދޫގެ ރައްޔިތުންގެ ފަރާތުން އަދި ޖަންގަލް ޓީމަށް ސަޕޯޓުކުރާ ސަޕޯޓަރުންގެ ފަރާތުން ލިބުނު ސަޕޯޓަށާއި އެހީތެރިކަމަށް ޓީމުގެ ކުޅުންތެރިންނާއި މެނޭޖުމެންޓުގެ ނަމުގަ ވަރަށްބޮޑަށް ޝުކުރުއަދާކޮށްފައެވެ.

މި ވީޑިއޯ މެސެޖުގައި ޤައުމީ ކެޕްޓަން އަދި ޖަންގަލް ޓީމުގެ މުހިއްމު ކުޅުންތެރިއެއް ކަމުގަވާ އަކުރަމް ބުނީ ޖަންގަލް ޓީމުގެ އެދުމަކީ އިހަވަންދޫގެ ހުރިހާ ރައްޔިތުން ނިކުމެ އިހަވަންދޫ ޓީމަށް ސަޕޯޓްކޮށް އިހަވަންދޫގައި މައި ކަޕްގެ ތަށި ބެހެއްޓުމަށް ޓީމަށް އެހީތެރިވެދިނުން ކަމަށެވެ. މެޗުގެ އެންމެ ފަހުވަގުތާ ހަމައަށް ޓީމުގެ ހުރިހާ ކުޅުންތެރިން ހިތްވަރު ކުރާނެކަމަށާއި ސަޕޯޓަރުންވެސް މާޔޫސްނުވެ ފަހުވަގުތާ ޖެހެންދެން ޓީމަށް ސަޕޯޓު ދިނުމަށް ދަނޑުގައި ތިބުމަށް އަކުރަމްވަނީ އިހަވަންދޫގެ ރައްޔިތުންގެ ކިބައިން އެދިފައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ