ފިތިބާރުވުމުގެ ސަބަބުން ހައްޖާޖީންތަކެއް ނިޔާވެއްޖެ — Ihavandhoo.com

ފިތިބާރުވުމުގެ ސަބަބުން ހައްޖާޖީންތަކެއް ނިޔާވެއްޖެ

24 ސެޕްޓެމްބަރު 2015 0

ހައްޖު އަޅުކަމުގެ ތެރޭގައި މިނާގައި ޖަމްރާއަށް ހިލައުކަން އެތަކެއް ސަތޭކަހާސް ހައްޖުވެރީން ޖަމާވެފައި ވަނިކޮށް  ފިތިބާރުވުމުގެ ސަބަބުން 220 ހައްޖުވެރިން ނިޔާވެ، 450 ހައްޖުވެރިންނަށް އެކިވަރުގެ އަނިޔާ ވެއްޖެ އެވެ.

2މިލިއަނަށް ވުރެ ގިނަ ހައްޖާޖީން މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރަމުންދާއިރު، މިއަދު ހިނގި މިހާދިސާގައި މަރުވި މީހުންގެ ޢަދަދު މިއަށްވުރެ ގިނަވެދާނެ ކަމަށް ބެލެވޭކަމަށް އޮފިޝަލުން ލަފާކުރާއިރު، 1990 ވަނަ އަހަރު މިނާގައި ހިނގި މިފަދަ ހާދިސާއެއްގައި 1400 އަށްވުރެ ގިނަ ހައްޖާޖީން ވަނީ ނިޔާވެފައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ