އައި.ކްލަބުގެ ބިދޭސީ ފޯރވާޑް ގިނަ ލަނޑުތަކެއް ޖަހާނެ: ޝިހާން — Ihavandhoo.com

އައި.ކްލަބުގެ ބިދޭސީ ފޯރވާޑް ގިނަ ލަނޑުތަކެއް ޖަހާނެ: ޝިހާން

18 ޑިސެމްބަރު 2012 0

މިއަހަރުގެ މައިކަޕް މުބާރާތަށް އައި.ކްލަބުގެ ފަރާތުން ނިކުންނަ ޓީމުގައި ސްކޯރކުރަން މޮޅު ކުޅުންތެރިއަކު ހިމެނޭނެކަމަށާއި، އެއީ އައިކްލަބުގެ ޒުވާން ފޯރވާޑް ލައިނުގެ އެހީއާއިއެކު ގިނަ ލަނޑުތަކެއް ޖަހާނެ ބިދޭސީ ކުޅުންތެރިއެއް ކަމުގައި އެކްލަބުން ބުނެފިއެވެ.

މައިކަޕް މުބާރާތް ފެށުމަށް ވަގުތު ކުޑަތަންވެފައިވާ މިދަނޑިވަޅުގައި އައި.ކްލަބުގެ ސްޕޯކްސް ޕަރސަން މުހައްމަދު ޝިހާން ބުނީ މިފަހަރު އައި.ކްލަބުން ތައްޓަށް ނިކުންނައިރު ޓީމު ވަރުގަދަ ކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި އަދިވެސް ކުރިއަށްދާކަމަށެވެ. ޝިހާން ބުނީ ވަރުގަދަ ފޯރވާޑް ލައިނެއް ކުރިންވެސް އޮތް ޓީމަށް، މިފަހަރު އިތުރު ފުރިހަކަމެއް ގެނެސްދެނީ 2012 ވަނަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ޓޮޕް ސްކޯރަރކަމަށެވެ.

މިފަހަރުގެ ޓީމުގައި 3 ވަނަ ޑިވިޝަނާއި 2 ވަނަ ޑިވިޝަންގައިވެސް މޮޅު ކުޅުމެއް ދައްކާފައިވާ މޮޅު ފޯރވާޑެއް ހިމެނޭނެކަމަށާއި، އެއީ މޮޅަށް ކުޅެ ގިނަ ގޯލްތަކެއްވެސް ރާއްޖޭގެ މަޝްހޫރު ކްލަބުތަކަށް ކާމިޔާބުކޮށްދީފައިވާ ކުޅުންތެރިއެއްކަމަށްވެސް ޝިހާން ބުންޏެވެ.

"އަޅުގަނޑުމެންގެ ޓީމުގެ ފޯރވާޑް ލައިނުން މިއަހަރު ފެންނާނެ އާދަޔާޚިލާފު މޮޅު ކުޅުންތެރިއެއް. އެއީ އަލީ އިކްރާމް. އޭނާއަކީ ކްލަބް މޯލްޑިވްސް ކަޕްގެ ޓޮޕް ސްކޯރަރ. މާޒިޔާއަށާއި އީގަލްސްއަށް އޭނާވަނީ ކުޅެފައި" އައި.ކްލަބުން މައިކަޕް ކާމިޔާބުކުރުމުގެ ހުވަފެންތައް ދެކެމުންދާ ޝިހާން ބުންޏެވެ.

ޝިހާން ބުނީ ނަތީޖާ ނެރެދެވޭ މޮޅު ކީޕަރެއްވެސް ޓީމުގައި ހިމެނޭނެ ކަމަށެވެ. އެހެންކަމުން އައި.ކްލަބު މިފަހަރު ފެންނާނީ ވަރުގަދަކޮށްކަމަށާއި، މޮޅު ކީޕަރުގެ ހުޝިޔާރު ދިފާއުކުރުންތަކުން އިދިކޮޅު ފޯރވާޑުން މާޔޫސްކޮށްލާއިރު، މޮޅު ފޯރވާޑެއްގެ ސަބަބުން އިދިކޮޅު އެތައް ޑިފެންޑަރުންނެއް އެންމެ މީހެއްގެ ދިފާއުގައި ބަނދެވި ތަޅުއަޅުވާލެވޭނެކަމަށެވެ.

"އަޅުގަނޑަށް ޔަޤީން އެ ފޯރވާޑް އާދެ އަލީ އިކްރާމްގެ މޮޅު ކުޅުމުގެ ސަބަބުން އެންމެ ޑިފެންޑަރަކަށް އޭނާއެއް ހިފަހައްޓައެއް ނުލެވޭނެ. އިދިކޮޅު ޓީމުތަކުގެ އެތައް ޑިފެންޑަރުންނެއް އޭނާ ކައިރީ މަޑުނުކޮށް އޭނާއެއް ނުހުއްޓުވޭނެ. އެހެން ނޫނީ އެމީހުން ޖެހޭނީ ބޮޑުބައްޔަކުން ބަލިވާން" ޝިހާން ބުންޏެވެ.

މައިކަޕް 2012

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ