ފުލުހުން އިސްނަގައިގެން ކެލާ ފަޅުތެރެ ސާފުކޮށްފި — Ihavandhoo.com

ފުލުހުން އިސްނަގައިގެން ކެލާ ފަޅުތެރެ ސާފުކޮށްފި

23 އޮގަސްޓު 2014 3

ކެލާ ބަނދަރު ސާފުކުރުމުގެ މަސައްކަތުގައި ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: ޕޮލިސް ލައިފް

ހއ. ކެލާ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން އިސްނަގައިގެން އެރަށު ކައުންސިލާ ގުޅިގެން ކެލާގެ ފަޅުތެރެ ސާފުކުރުމުގެ މަސައްކަތް ކޮށްފިއެވެ.

މިއަދު ހެނދުނުން ފެށިގެން މެންދުރާ ހަމައަށް ކުރެވުނު މި މަސައްކަތުން ކެލާ ފަޅުތެރެއިން ޕިކަޕެއްގެ ކުނި ނަގާފައިވެއެވެ. އެގޮތުން ނެގި ކުނީގެ ތެރޭގައި ގިނަ ޢަދަދެއްގެ ޕްލާސްޓިކް ފުޅިއާއި ޓަޔަރާއި ވާތައް ހިމެނެނެއެވެ.

މި މަސައްކަތުގައި ފުލުހުންގެ އިތުރުން ކެލާ ކައުންސިލް އިދާރާގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.

ކެލާ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން ކުރި މި މަސައްކަތަކީ 2014 ވަނަ އަހަރު ފުލުހުންގެ ބިޒްނަސް ޕްލޭންގައި ހިމެނޭ ލަނޑުދަނޑިތަކުގެ ތެރެއިން މުޖުތަމަޢުއއަށް ވާސިލްވުމާއި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމާއި ގުޅުން ބަދަހި ކުރުމުގެ ލަނޑުދަނޑިއަށް ވާސިލްވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު މަސައްކަތެކެވެ.

ހއ. ކެލާ ޕޮލިސް ސްޓޭޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ކެލާ.ކޮމް..... ބޯ ހަލާކު...

– 23 އޮގަސްޓު 2014 0

މި އިހަވަންދޫ އާއި ބެހޭ ކަމެށްތަ؟؟؟؟؟

– 24 އޮގަސްޓު 2014 0

މިއީ ޕޮލިހުން ހިންގާ ސަިޓެއްތަ.. ހުސް ޕޮލިހުންގެ ވާހަކަ... އެންމެ ފަހުން އިހަވަންދޫ ހަބަރު ހުސްވެގެން ކެލާގެ ވާހަކަ...

– 29 އޮގަސްޓު 2014 0