ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތް 2015: ގަދަފަދަ ޕޮލިސް ވެސް ޕޯލްސްޓަރގެ އަތްދަށަށް

14 ނޮވެމްބަރު 2015 0

ރައީސުލްޖުމްހުރިއްޔާގެ ވާދައިގެ ތައްޓަށް ކުޅެވޭ ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތުގައި އެންމެ ވަރުގަދަ ޓީމެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ޕޮލިސް ކުލަބު 3 ސެޓު 2 ސެޓުން ބަލިކޮށް މިހާތަނަށް ކުޅުނު ހުރިހާ މެޗުތަކަކުން މޮޅުވުމުގެ ޝަރަފު އިހަވަންދޫ ކުލަބު ޕޯލްސްޓަރއިން ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި މިއަދު މެންދުރުފަހު ކުޅުނު މިމެޗުގެ ފުރަތަމަ ސެޓު ޕޯލްސްޓަރ އިން ހޯދީ 25-23 އިން ނެވެ. 2 ވަނަ ސެޓު 25-21 އިން ޕޮލިސް ކުލަބު ގެންގެސްފަިއވާއިރު ތިންވަނަ ސެޓު ޕޯލްސްޓަރ އިން ހޯދީ 25-19 އިންނެވެ. އަދި ހަތަރުވަނަ ސެޓު 25-14 އިން ޕޮލިހުން ގެނދިޔަ ނަމަވެސް، 5 ސެޓަށް ކުޅުނު މިމެޗު ޕޯލްސްޓަރ އިން ކާމިޔާބު ކޮށްފައިވަނީ މެޗުގެ ފަހު ސެޓު 19-17 އިން ހޯދައިގެން ނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކުލަބު ޕޯލްސްޓަރގެ ބޭރު ކުޅުންތެރިޔާ ބުއާލީ ޖަރޮއެންސްރީ އެވެ.

މިމުބާރާތުގައި ޕޯލްސްޓަރ ދެން ބައްދަލުކުރާނީ ނައިފަރު ޖުވެނުއަލް ޓީމާއެވެ. އެމެޗު އޮންނާނީ މާދަމާ ހަވީރު 4:30 ގައެވެ.

 

ކްލަބް ޕޯލްސްޓާރ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ