ޣާޒާ ހެލްޕް ތެލެތޯން ފަންޑުފޮށި އިހަވަންދޫ މަދަރުސާގައިވެސް ހުޅުވާފި — Ihavandhoo.com

ޣާޒާ ހެލްޕް ތެލެތޯން ފަންޑުފޮށި އިހަވަންދޫ މަދަރުސާގައިވެސް ހުޅުވާފި

8 އޮގަސްޓު 2014 0

މިއަދު އިހަވަންދޫ މަދަރސުާގައި ހުޅުވި ފަންޑު ފޮއްޓަށް މަދަރުސާގެ ދަރިވަރަކު ފައިސާ ހަދިޔާ ކުރަނީ. ފޮޓޯ: ޢަބުދުﷲ ޙަމީދު

ފަލަސްތީނުގެ ޣާޒާގެ ނިކަމެތި ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އިހަވަންދޫ މަދަރުސާގައި ފަންޑް ފޮއްޓެއް ހުޅުވައިފިއެވެ. މިއީ ރާއްޖޭގެ ހުރިހާ ސުކޫލެއްގައި ފަންޑު ފޮއްޓެއް ބަހައްޓަން މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ނިންމި ނިންމުމާ ގުޅިގެން ހުޅުވި ފަންޑު ފޮއްޓެކެވެ.

މިއަދު މެންދުރުފަހު 2:00 ގައި ހުޅުވި މިފަންޑުފޮށި މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް ހުޅުވާފައި ހުންނާނެ ކަމަށް އިހަވަންދޫ މަދަރުސާއިން ހާމަކޮށްފައި ވެއެވެ.

ނިމިދިޔަ ރަމްޟާން މަސްތެރޭ އިހަވަންދޫ ކައުންސިލް އިދާރާއިން އިހަވަންދޫގައި ބެހެއްޓި ފަންޑު ފޮށިތަކުން ޖުމުލަ 29639.13 ރުފިޔާ ވަނީ ލިބިފައެވެ. އެފައިސާ މިހާރު ވަނީ ޣާޒާފަންޑު މޯލްޑިވްސް އާއި ޙަވާލު ކޮށްފައެވެ.

ފަލަސްތީން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ