ގެއްލުނު ބޯޓުގެ ބައިތައް ކަނޑުމަތިން ފެނިއްޖެ — Ihavandhoo.com

ގެއްލުނު ބޯޓުގެ ބައިތައް ކަނޑުމަތިން ފެނިއްޖެ

20 މެއި 2016 0

ބޯޓު ދަތުރު ކުރި މިސްރާބާއި ވެއްޓުނު ގޮތް ދައްކުވާދޭ ކުރެހުމެއް. ފޮޓޯ: ޑެއިލީމެއިލް

ފްރާންސުގެ ޕެރިހުން މިސްރުގެ ކައިރޯއަށް ދަތުރު ކުރަމުން ދަނިކޮށް ގެއްލުނު އިޖިޕްޓްއެއާގެ އެމްއެސް804 ފްލައިޓުގެ ބައިތައް ކަނޑުމަތިން ފެނިފައިވާކަމަށް  އިޖިޕުޓު އެއާ އިން ބުނެފިއެވެ.

 

އިޖިޕްޓު އެއާ އިން ދިން ޕްރެސް ސްޓޭޓްމަންޓެއްގައި އެއާލައިންގެ ނައިބު ރައީސް އަހުމަދު އާދިލް ވިދާޅުވީ، ބޯޓު ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ މީހުންނަށް ކާޕަތޯސް އައިލެންޑު ކައިރިން ބޯޓުގެ ބައިތައް ފެނިފައިވާ ކަމަށެވެ.

އެ ހާދިސާ އާއި ގުޅިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން މިސްރުގެ އޭވިއޭޝަން މިނިސްޓަރު ވިދާޅުވީ ބޯޓު ވެއްޓުނީ މެކޭނިކަލް މައްސަލައެއް ޖެހިގެން ނުވަތަ ޓެރަރިސްޓު ހަމަލާއަކުން ކަމަށް ވެދާނެ ކަމަށެވެ.

ނަމަވެސް ބޯޓު ވެއްޓުނީ މެކޭނިކަލް މައްސަލައެއް ދިމާވުމަށް ވުރެ، ބޮޑަށް ޓެރަރިސްޓު ހަމަލާއެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ ބޯޓު ވެއްޓުމުގެ ކުރިން ބޯޓުގައި އެއްވެސް ގޮވުމެއް ގޮވާފައިވާކަން މިހާތަނަށް އަދި ހޯދިފައި ނުވާ ކަމަށެވެ.

ފްރާންސުގެ ޕެރިހުން މިސްރުގެ ކައިރޯއަށް ދަތުރުކުރަމުން ދިޔަ އެމްއެސް804  ގެއްލިފައި ވަނީ ރާއްޖޭގަޑިން އިއްޔެ ފަތިހު 5:30 ގަ އެވެ. ބޯޓު ރާޑަރަށް ގެއްލިފައި ވަނީ މިސްރުގެ ވައިގެ ސަރަހައްދުގެ 10 މޭލު އެތެރެއަށް ވަދެފައި ވަނިކޮންނެވެ.

ގުރީކުގެ ޑިފެންސް މިނިސްޓަރ ވިދާޅުވެފައި ވަނީ އެއަރބަސް 320 މަރުކާގެ އެ ބޯޓުގެ ދަތުރުގައި ކުއްލި އަކަށް ބޯޓުގެ މިސްރާބު ބަދަލުކޮށްލާފައި ވާކަމަށެވެ. އެގޮތުން، ބޯޓު ވެެއްޓިފައި ވަނީ ބޯޓު ދަތުރުކުރަމުން ދިޔަ މިސްރާބުން 90 ދަރަޖަ ވައަތަށް އަނބުރާލުމަށްފަހު 360 ދަރަޖަ އަށް ކަނާތަށް ބޯޓު އެނބުރުމަށް ފަހު 37000 ފޫޓާ 15000 ފޫޓާ ދެމެދުގެ މަތިން ކަމަށެވެ. އަދި ބޯޓުގެ ސިގުނަލް ގެއްލިފައިވަނީ 10 ވަރަކަށް ހާސް ފޫޓު މަތީ ބޯޓު ވަނިކޮށް ކަމަށްވެސް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ. (ޑެއިލީމެއިލް)

މަތިންދާބޯޓު ގެއްލުން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ