ފޭސްބުކް ޖިރާފް އަރަތަކީ ހެކަރުންގެ ހަމަލާއެއްނޫން — Ihavandhoo.com

ފޭސްބުކް ޖިރާފް އަރަތަކީ ހެކަރުންގެ ހަމަލާއެއްނޫން

3 ނޮވެމްބަރު 2013 0

މިދިޔަ އޮކްޓޫބަރު މަހުގެ ފަހުކޮޅު އެތައްބައެއްގެ ފޭސްބުކް ޕްރޮފައިލް ފޮޓޯ ޖިރާފެއްގެ ފޮޓޮއަކަށް ބަދަލުކޮށްލުމަށް މެދުވެރިވި ޖިރާފު ކުއިޒްއަކީ ހެކަރުންގެ އަތެއްވާ ކަމެއްނޫންކަމަށް ބައެއް ނެޓްވޯރކް ސެކިއުރިޓީ ފާރމްތަކުން ބުނެފިއެވެ.

ސަންސް އިންޓާރނެޓް ސްޓޯރމް ސެންޓަރުގެ ޗީފް ޓެކްނިކަލް އޮފިސާރ ޖޮހޮނަސް އުލްރިޗް ސޮފްޓް ޕީޑިއާއަށް ދިން އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ޖިރާފް ގޭމަކީ ހެކަރުންގެ އުކުޅެއްކަމަށް ދައްކާ ވާހަކަތަކަކީ ދޮގެއް ކަމަށެވެ.

ފޭސްބުކްގައި މިހާރު ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޖިރާފު ގޭމަކީ ހެކަރުން ފޭސްބުކް އެކައުންޓުތައް ހެކްކުރުމަށް ހަދައިގެން އުޅޭ ގޭމެއްކަމަށް ބުނާ ހަބަރުތައް ސޯޝަލް މީޑިއާގައިދަނީ ވަރަށް ބާރަށް ދައުރުވަމުންނެވެ. އެ ހަބަރުތަކުގައި ވާގޮތުން މި ދުވަސްކޮޅު ފޭސްބުކްގައި އާއްމުވަމުންދާ މި ގޭމްއަކީ މަޝްހޫރު "އެނޮނިމަސް" ގުރޫޕުން ފޭސްބުކް ބޭނުންކުރާ ފަރާތްތަކުގެ އެކައުންޓުގައިވާ މުހިންމު މައުލޫމާތުތައް ހޯދުމަށް ޖަހައިގެން އުޅޭ އުކުޅެއްކަމަށް ކަމާ ބެހޭ މާހިރުން ހާމަކޮށްފައިވާ ކަމަށް ވެއެވެ. އަދި އެގޮތުން މި އަރަތް ޝެއަރ ކުރުމަށްފަހު ފޭސްބުކް ޕްރޮފައިލް ފޮޓޯ ޖިރާފަކަށް ބަދަލުކުރާ ފަރާތްތަކުގެ އީލެއިލް އައިޑީއާއި ޕާސްވޯޑް ހެކަރަށް ލިބޭކަމަށްވެސް އެ ދޮގުހަބަރުތަކުގައި ވެއެވެ.

ޖިރާފް ގޭމަކީ އަރަތެއްގެ ޖަވާބު ދިމާކުރުމުގައި ނާކާމިޔާބުވާ މީހުން އެމީހުންގެ ފޭސްބުކް ޕްރޮފައިލް ޖިރާފެއްގެ ފޮޓޯއަށް ބަދަލުކުރާގޮތަށް ފޭސްބުކްގައި ކުޅެވޭ ގޭމެކެވެ.

 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ