"ގޯއްޗަށް އެދި ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓްދިނީ އިއުލާނުގައިވާ އުސޫލާއި އެއްގޮތަށް"

2 ޖޫން 2018 1

އިހަވަންދޫ. ފޮޓޯ: ހަސަން ފަހުދު / ނެކްސްޓް އިފެކްޓް

ހއ. އިހަވަންދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯޗަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ ނަންބަރު: (IUL)248-CAA/248/2016/85 10 އޮގަސްޓް 2016 އިގެ އިޢުލާނުގައިވާ އުސޫލާއި އެއްގޮތަށްކަމަށް އިހަވަންދޫ ކައުންސިލުން މައުލޫމާތު ދީފިއެވެ. އިހަވަންދޫ ކައުންސިލުން މިގޮތަށް މައުލޫމާތު ދިނީ، އިހަވަންދޫއިން ބަންޑާރަ ގޯތި ދުކުރުމާއިގުޅިގެން ހިނގާކަންކަމާއި ބެހޭގޮތުން މައުލޫމާތު ހޯދުމަށް މިނޫހުން އެކައުންސިލަށް މައުލޫމާތު ހޯދުމަށް ހުށަހެޅި ފޯމްގެ ޖަވާބުގައެވެ.

އިހަވަންދޫއިން ދިރިއުޅުމަށްޓަކައި ގޯތި ބޭނުންވާ ފަރާތްތަކަށް 2016 ވަނަ އަހަރު ކައުންސިލުން ހުޅުވައިލި ފުރުސަތުގެ ދަށުން ގޯއްޗަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ހަމަވުމުން ޕޮއިންޓް ދީފައިވާ  ފަރާތްތަކުގެ ވަގުތީ ލިސްޓް އާއްމުކޮށްފައިވަނީ މިދިޔަ އޭޕްރީ މަހުގެ 30 ވަނަދުވަހުއެވެ. ޕޮއިންޓް ދީފައިވާ ގޮތުގެ ލިސްޓް އާންމުކުރިނަމަވެސް ވަކިވަކި ބައިތަކަށް ޕޮއިންޓް ދީފައިވާގޮތުގެ ތަފްސީލް އާންމުކޮށްފައިނުވާތީ ގިނަބަޔަކު ދިޔައީ އެކަމާއި ޝަކުވާކުރަމުންނެވެ.

10 އޮގަސްޓް 2016 އިގެ އިޢުލާނުގައި ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯޗަށްއެދި ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި މައިގަނޑު 6 ބަޔަކަށް ބަލާނެކަމަށް އޮވެއެވެ. އެ ބައިތަކަކީ ކައިވެނީގެ ބައި، އުމުރުގެ ބައި، ދަރިންގެ ބައި، މައިން ބަފައިންގެ ބައި، ރައްވެހި ކަމުގެބައި އަދި ބަންޑާރަ ގޯއްޗެއް އޮތުމާއި ރަށުގައި ދިރިނޫޅުމުގެ ސަބަބުން ޕޮއިންޓް އުނިކުރުމުގެ ބައެވެ.  

ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ކޮށްފައިވާ އިޢުލާނުގައި މާރކްސް ދޭނެކަމަށްބުނާ އޫސޫލާއި ޙިލާފާށް ގޯތި ހޯދުމަށް ކުރިމަތިލި ފަރާތްތަކަށް މާރކްސް ދީފައިވާ ކަމަށްބުނެ އަމިއްލަ ފަރާތަކުން އެމައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށްވެސް ހުށަހަޅާފައިވެއެވެ.

އިހަވަންދޫ ކައުންސިލުން އިތުރަށް މައުލޫމާތު ދީފައިވާގޮތުގައި 10 އޯގަސްޓް 2016 އިގެ އިއުލާން، ބާތިލްކުރުމަށް އޭސީސީއިން އެކައުންސިލަށްވަނީ ލަފާދީފައެވެ. އެގޮތަށް އެސީސީއިން ލަފާދީފައިވަނީ 10 އޯގަސްޓް 2016 އިގެ އިއުލާނުގައި ޕޮއިންޓް ދިނުމަށް ކަނޑައެޅިފައިވާ ގޮތަށް ދެ ބަދަލެއް ގެނެސްފައިވާކަމަށް ދަންނަވާފައިވާ ދެންނެވުމަކާއި ގުޅިގެން ކަމުގައެވެ. ނަމަވެސް 10 އޯގަސްޓް 2016 އިގެ އިލާނުގައި ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ އުސޫލަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާކަމަށް އިހަވަންދޫ ކައުންސިލުން ދީފައިވާ މައުލޫމާތުގައިވެއެވެ. 

ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވާގޮތުގެ ވަގުތީ ލިސްޓް އޭޕްރީލް މަހުގެ 30 ހުގައި  އާންމުކޮށްފައިވާއިރު މިފަހަރު ގޯތި ދިނުމަށް ހަމަޖެހިފައި ވަނީ 100 މީހުންނަށެވެ.

އިހަވަންދޫ ކައުންސިލް, ގެވަޅު ދޫކުރުން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

Rasheed men, khaleel men, jizzey men dhakkaa vaahaka akaa noos thakah dhey mauloomaathaa dhimaa nuve ennu

– 3 ޖޫން 2018 0