ގޫގަލްއިން ޑީޕްމައިންޑް ޓެކްނޮލޮޖީސް ގަނެފި — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

29 ދުވަސް

ގޫގަލްއިން ޑީޕްމައިންޑް ޓެކްނޮލޮޖީސް ގަނެފި

28 ޖެނުއަރީ 2014 0

މީގެ ދެއަހަރުކުރިން އުފެއްދި އާޓިފިސިއަލް އިންޓެލިޖެންސް ފާމެއްކަމަށްވާ ޑީޕްމައިންޑް ޓެކްނޮލޮޖީސް ގޫގަލުން ގަނެފިއެވެ. މިކުންފުނި ގޫގަލުން ގަތީ 625 މިލިއަން ޑޮލަރަށެވެ.
ކޮމްޕިއުޓަރަށް އިންސާނުން ވިސްނާ ފަދައިން ވިސްނުމުގެ ކުޅަދާނަކަން ނުވަތަ އާޓިފިސިއަލް އިންޓެލިޖެންސް ހޯދާދިނުމަށް މަސައްކަތްކުރާ ޑީޕްމައިންޑަށް މިހާތަނަށް، އެމީހުންގެ އެއްވެސް އުފެއްދުމެއް ބާޒާރަށް ނެރެވިފައެއް ނުވެއެވެ. ޑީޕްމައިންޑް ކުންފުނިން ބުނާ ގޮތަށް ކޮމްޕިއުޓަރުތަކަށް މީހުން ވިސްނާ ގޮތައް ވިސްނުމުގެ ބާރު ދިނުމަށް އަދި ލައްކަ ދުވަސް ހޭދަވާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.
ޑީޕްމައިންޑް ޓެކްނޮލޮޖީސްގެ ވެރިޔާ ކަމުގައިވާ ނިއުރޯ ސައިންޓިސްޓް ޑެމީސް ހަސަބީސްއަކީ ވަރަށް ވިސްނުންތޫނު މީހެއްކަމަށް އޭނާދަންނަމީހުން ބުނެއެވެ. އެގޮތުން އޭނާވަނީ އުމުރުން ތޭރައަހަރުގައި އެހެންމީހުނަށް ވާދަނުކުރެވޭވަރުގެ މޮޅު ރާޒުވާ ކުޅުންތެރިއަކަށް ވެފައެވެ. އަދި އުމުރުން 17 އަހަރުގައިވަނީ އޭލެވެލް ފުރިހަމަކޮށްފައެވެ. 1999 އަކުން ފެށިގެން 2003 ކާއި ހަމައަށް، ވިސްނުން ބޭނުނުންކޮށްގެން ކުޅޭ ކުޅިވަރު މުބާރާތެއްކަމަށްވާ އޮލިމްޕިއާރޑް ފަސްފަހަރު ކާމިޔާބުކޮށްފައިވެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޑީޕްމައިންޑް ކުންފުނި ގަތުމަށް ފޭސްބްކުން ވެސް މަސައްކަތް ކުރިއެވެ. ގޫގްލްއިން ޑީޕްމައިންޑް ގަތީ ފޭސްބްކަށް ވުރެ ބޮޑު އަގެއް ހުށަހަޅައިގެންނެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ