ގުއަންޓުނާމޯ ޖަލުގައި ބަނޑުހާހޫނުކަމުގެ ހަޅުތާލު ކުރާތާ 8 އަހަރުވީ މީހެއް — Ihavandhoo.com

ގުއަންޓުނާމޯ ޖަލުގައި ބަނޑުހާހޫނުކަމުގެ ހަޅުތާލު ކުރާތާ 8 އަހަރުވީ މީހެއް

16 އޮގަސްޓު 2015 0

އެމެރިކާ ސަރުކާރުން ކިއުބާގައި ހިންގަމުން އަންނަ ގުއަންޓަނާމޯ ޖަލުގައި ހައްޔަރުކޮށްފައި ހުރި ޔަމަނުގެ ރައްޔިތެއްކަމަށްވާ 36 އަހަރުގެ ތޯރިޤް ބައޮދާ ބަނޑުހާހޫނުކަމުގެ ހަޅުތާލު ފަށާފައި ވަނީ 2007 ވަނަ އަހަރުން ފެށިގެންނެވެ.

ތޯރިޤް ކެއުން ހުއްޓާލުމުން ޖަލު ބަލަހައްޓާމީހުން 2007 ވަނަ އަހަރުން ފެށިގެން އޭނާއަށް ކާންދެމުންދަނީ ނޭފަތަށް ހޮޅި ގުޅައިގެން ނެވެ. ތޯރިޤް ހައްޔަރުކޮށްފައިވަނީ 2002 ވަނަ އަހަރު ޕާކިސްތާނުންނެވެ. އަދި ފަހުން އެމެރިކާއަށް ގެންދިއުމަށްފަހު ތޯރިޤް ވަނީ ކިޔުބާގައި ހުންނަ ގުއަންޓަނާމޯ ޖަލަށް ބަދަލުކޮށްފައެވެ.

ސުލްހަވެރި ހަޅުތާލެއް ކުރަމުންދާ ތޯރިޤްގެ ބަރުދަން ވޭތުވެދިޔަ 18 މަސްދުވަހުގެ ތެރޭގައި އާދަޔާހިލާފަށް ދަށްވެފައިވާއިރު އިސްކޮޅުގައި 5 ފޫޓު 3 އިންޗި ހުންނަ ތޯރިޤްގެ ބަރުދަނުގައި މިހާރު ހުރީ 33.7 ކިލޯ އެވެ. ތޯރިޤްގެ ވަކީލު އަލްޖަޒީރާއަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ ތޯރިޤް ހައްޔަރުކުރި ފަހުން މިއަދާހަމައަށް އާއިރުވެސް އޭނާއާ ދެކޮޅަށް އެއްވެސް ދަޢުވާއެއް އުފުލާފައި ނުވާ ކަމަށާއި ހުދު ތޯރިޤް އަށް ވެސް ތޯރިޤް ބަންދުކޮށްފައި ހުންނަ ސަބަބު ނޭނގޭ ކަމަށެވެ.

އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވެރިކަމަށް ވަޑައިގެންނެވި އިރު ވަނީ ގުއަންޓަނާމޯ ޖަލު ބަންދު ކުރެއްވުމަށް ވައުދުވެވަޑައިގެންފައެވެ. ނަމަވެސް ސެނެޓުން އެކަމަށް ހުއްދަ ދީފައި ނުވާތީ، މިއަދާއި ހަމައަށްވެސް ގުއަންޓަނާމޯ ބަންދު ކުރުމުގެ ވައުދު ރައީސް އޮބާމާ އަށް ވަނީ ފުއްދޭގޮތް ނުވެފައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ