ސުޕަރ ސްޕެޝަލިސްޓް ޑޮކްޓަރުން ހއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެއްވަނީ

9 ޖޫން 2015 0

ސަރުކާރުން އިސްނަގައިގެން އާސަންދަ ކޮމްޕެނީ ލިމިޓެޑްއިން ހިންގާ ސުޕަރ ސްޕެޝަލިސްޓް ޑޮކްޓަރުން ގެނައުމުގެ ޕްރޮގްރާމްގެ ދަށުން، މިމަހުގެ 10 އަދި 11 ގައި ހއ. އަތޮޅު ހޮސްޕިޓަލުގައި ސުޕަރ ސްޕެޝަލިސްޓް ޑޮކްޓަރުން ޙިދުމަތް ދެއްވާނެ ކަމަށް އެހޮސްޕިޓަލުން ހާމަކޮށްފިއެވެ.

ހއ. އަތޮޅު ހޮސްޕިޓަލުން ހާމަކޮށްފައި ވާގޮތުގައި މާދަމާއިން ފެށިގެން 2 ދުވަހަށް ސުޕަރ ސްޕެޝަލިސްޓް އަދި ސްޕެޝަލިސްޓް ޑޮކްޓަރުން ގެ ޙިދުމަތް އެހޮސްޕިޓަލުން ލިބޭނެއެވެ. 2 ދުވަހުގެ މި ކޭމްޕުގައި 3 ދާއިރާއަކުން ސުޕަރ ސްޕެޝަލިސްޓުން ބަލިމީހުން ބެލުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އެތެރެހަށީގެ ބަލިތަށް، ނާރުގެ ބަލިތައް އަދި ކަށީގެ ބަލިތަކެވެ.

ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި ކޮންމެ ޑަކުޓަރަކުވެސް ދުވާލަކު 60 ބަލި މީހުން ބެއްލެވުމަށް ހަމަޖެހިފައިވާއިރު، މާދަމާގެ އެޕޮއިންޓްމަންޓް މިއަދުގެ ހަވީރު 3:00 ން 6:00 ށް އަދި ރޭގަނޑު 8:00 ން 9:00 އަށް ހެއްދޭ ނެއެވެ. އަދި 11 ވަނަ ދުވަހުގެ އެޕޮއިންޓްމަންޓް މާދަމާގެ އެގަޑިތަކުގައި ހޮސްޕިޓަލުގެ ފޯނު ނަންބަރު 6500053 އަށް ގުޅުއްވައިގެން  ހަމަޖެއްސޭނެ ކަމަށް ހޮސްޕިޓަލުން ހާމަ ކުރެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ