ހއ އަތޮޅަށް ފުލުހުންގެ އާ ކޮމާންޑަރަކު ހަމަޖައްސައިފި — Ihavandhoo.com

ހއ އަތޮޅަށް ފުލުހުންގެ އާ ކޮމާންޑަރަކު ހަމަޖައްސައިފި

26 އޮކްޓޫބަރު 2014 0

އަތޮޅުތަކަށް އަލަށް ހަމަޖެއްސި ކޮމާންޑަރު، ސީޕީ ހުސެއިން ވަހީދުއާ އެކު ފޮޓޯއެއް ނަންގަވަނީ ފޮޓޯ: ޕޮލިސް

އަޕަ ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ހއ. އަތޮޅު ކޮމާންޑަރަކަށް ޕޮލިސް ސްޓޭޝަން އިންސްޕެކްޓަ މުހައްމަދު އަބްދުﷲ ހަމަޖައްސައިފި އެވެ.
މި މަގާމަށް މުހައްމަދު އަބްދުﷲ ހަމަޖައްސާފައި މި ވަނީ ޑީއޯސީ ކޮންފަރެންސް ނިމުގެ ރަސްމިއްޔާތުގައި، ކޮމާންޑަރުންނަށް އަލަށް އައްޔަން ކުރެއްވި ފުލުހުންނަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވުމަށް ބޭއްވި ހަފުލާގައެވެ. އެ ހަފުލާގައި އަލަށް އައްޔަން ކުރެއްވި ފުލުހުންނަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ކޮމިޝަނަރު އޮފް ޕޮލިސް ހުސެއިން ވަހީދެވެ.
އަތޮޅުތަކަށް އަލަށް ހަމަޖެއްސި ކޮމާންޑަރުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަން ފައްޓަވާނީ އަންނަ މަހުގެ 1 އިން ފެށިގެން ކަމަށް ފުލުހުންގެ ވެބްސައިޓްގައިވެ އެވެ.
ޑިވިޝަން ކޮމާންޑަރުންނަށާއި އަތޮޅު ކޮމާންޑަރުންނަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވުމަށް ފަހު ސީޕީ ހުސެއިން ވިދާޅުވީ އެ ޑިވިޝަނެއްގައި އަދި އަތޮޅެއްގައި ހިނގާ ހުރިހާ ކަންކަން ގާތުން ބައްލަވައި އަޅުއްވަންޖެހޭ ގާނޫނީ ފިޔަވަޅު އެޅުއްވުމުގައި ފަސްނުޖެހުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. މީގެ އިތުރުން ކޮންމެ ކޮމާންޑަރަކަށް ވެސް ގާނޫނުގެ ތަރަހައިގެ ތެރޭގައި އަދި ފުލުހުން އަމަލުކުރުމަށް ހެދިފައިވާ އެންމެހައި ގަވާއިދުތަކުގެ ތެރޭގައި މިނިވަން ކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމުގައި ކޮމިޝަނަރު ވިދާޅުވި ކަމަށް ފުލުހުންގެ ވެބްސައިޓްގައިވެ އެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ