ހއ. ގަސްފުށި ކައިރިން ކިނުބެލެއް ފެނިގެން ހޯދަނީ

31 ޖެނުއަރީ 2015 1

މިއަދު ފެނުނުކަމަށްބުނާ ކިނބޫ. ފޮޓޯ: އިހަވަންދޫޑޮޓްކޮމް ވައިބަރ ޔޫސަރ

ހއ. އުލިގަމާއި މަނަފަރާއި ދެމެދު އޮންނަ ގަސްފުއްޓާ ކައިރި ސަރަހައްދުން ފުދޭވަރަކަށް ބޮޑު ކިނބުލެއް ފެނެމާގުޅިގެން ފުލުހުންނާއި ސިފައިން ކިނބޫ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ އެދުމުގެ މަތިން އިހަވަންދޫ ކައުންސިލުން ދާދި ދެންމެއަކު ވަނީ މިކަމާގުޅިގެން ރައްޔިތުންނަށް ސަމާލުވުމަށް އަންގައިފައެވެ. މިގޮތުން މިކިނބޫ ފެނިފައިވާތީ، މޫދަށް އެރި އުޅުމާއި ދަތުރު ދިޔުމާއި މަސްވެރިންނަށްވެސް މިކަމަށް ސަމާލުވުމަށް ޕޮލިސް ސްޓޭޝަނުގެ އެދުމުގެ މަތިން ކައުންސިލް އިދާރާއިން ވަނީ އަންގައިފައެވެ.

ރާއްޖޭފެ ބައެއް މީޑިއާތަކުން ބައެއްފަރާތްތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި ކިނބޫ ފެނިފައިވަނީ މިއަދު ހަވީރު 4:00 ހާއިރު، ހއ. ރަށްފުށި ތިލަ ނަމަކަށް ކިޔާ ތިލަ އަކަށް އެން ހިފަން ގޮސްއުޅުނު ކަންނެލި ދޯންޏކަށެވެ. އަދި އެއީ ގާތްގަނޑަކަށް 10 ވަރަކަށް ފޫޓުގެ ކިނބުލެއް ކަމަށް މީހުން މަޢުލޫމާތު ދީފައި ވެއެވެ.

ފުލުހުންނާއި ސިފައިންގެ އިތުރުން ބައެއް މަސްދޯނިތަކުންވެސް ކިނބޫ ހޯދުމުގައި ބައިވެރިވަމުންދާ ކަމުގެ ޚަބަރު މިނޫހަށް ލިބިއްޖެއެވެ. ކިނބޫ މިސަރަހައްދުގައި މިވަގުތު ހަރަކާތްތެރިވާ ދޯންޏެއްގެ މަސްވެރިއެއް ބުނީ މިވަގުތު ލައިޓު ދިއްލައިގެން ކިނބުލުގެ ހިލަމެއް ވޭތޯ އެލާރޓުގައި ތިބިކަމަށެވެ.

މިސަރަހައްދުން ކިނބޫ ފުރަތަމަ ފެނިފައިވަނީ ށ. ފޯކައިދޫ އޮޑިއަކަށް ކަމަށް ޚަބަރު ލިބެއެވެ. އަދި ދެވަނަ ދޯންޏަކަށް ހއ. ހުވަހަންދޫ ކައިރިންވެސް ހަވީރު ކިނބޫ ފެނިފައިވާކަމަށް މަސްވެރިއަކު މިނޫހަށް މަޢުލޫމާތު ދިނެވެ. އެހެންވީމާ 2 ކިނބޫ މިސަރަހައްދުގައި އުޅޭކަމަށް ބައެއް މަސްވެރިން ދަނީ ބުނަމުންނެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ކިނބޫ މަރާލަން އުޅެމާ ދޯ <br>

– 6 ފެބުރުއަރީ 2015 0