ހއ. އިންނަފިނޮޅާއި މާފިނޮޅުގައި ރިޒޯޓު ތަރައްޤީކުރުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދަނީ

17 ނޮވެމްބަރު 2014 2

އިހަވަންދިއްޕޮޅު ފޮޓޯ:ގޫގަލް މެޕްސް

ހއ. އިންނަފިނޮޅާއި މާފިނޮޅާއި އެކު އުތުރުގެ ހަތަރު ރަށެއްގައި ޓޫރިސްޓް ރިސޯޓް ތަރައްޤީކުރުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އިން އިއުލާންކޮށްފިއެވެ.

އެމިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާންގައި ވާގޮތުން އަލަށް ޓޫރިސްޓް ރިސޯޓް ތަރައްގީކުރަން ހުޅުވާލާފައިވަނީ ހއ. އަތޮޅު މާފިނޮޅާއި އެއަތޮޅު އިންނަފިނޮޅުގެ އިތުރުން ހދ. އަތޮޅު ދިއްޕަރުފުށި އަދި ށ. އަތޮޅު ބޮލިއްސަފަރެވެ. އެރަށްތަކުގައި ޓޫރިސްޓް ރިސޯޓް ތަރައްޤީކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިމަހުގެ 24 ވަނަ ދުވަހު އެކަމާބެހޭ މައުލޫމާތު ދިނުމުގެ ދަންފަޅިއެއް އޮނާނޭކަމަށާއި އަދި އަންނަ ޑިސެންބަރު މަހުގެ އެއްވަނަ ދުވަހުގެ 14:00 ކުރިން ޝައުގުވެރިކަން ފާޅުކޮށް ބިޑް ހުށަހަޅަން ޖެހޭކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އިން ކޮށްފައިވާ އިއުލާނުގައި ވެއެވެ.

ހއ. އިންނަފިނޮޅާއި މާފިނޮޅަކީ ހުވަރަފުޓާއި އެއްފަޅަކުން ގުޅިފައިވާ ރަށްތަކުގެ ހާރުގައި ހިމެނޭ ދެ ރަށެވެ.

އިންނަފިނޮޅާއި މާފިނޮޅަކީ ސްޕެޝަލް އިކޮނޮމިކް ޒޯންގެ ދަށުން އިހަވަންދިއްޕޮޅުގައި ތަރައްގީކުރުމަށް ނިންމާފައިވާ އިއިހެވަންގެ ތެރޭގައި ހިމެނޭ ދެރަށެވެ. މިދެރަށް ވަކިން ޓޫރިސްޓް ރިސޯޓްގެ ގޮތުގައި ތަރައްގީކުރުމަށް ބީލަމަށްލުމުން އައިހެވަން މަޝްރޫއުއާއި މެދު ސުވާލުއުފެދެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ދެން ކޮބާ އަި ހެވަން؟

– 18 ނޮވެމްބަރު 2014 0

އައިހެވަން އޮޔާދިޔައީތާ ދޯ؟

– 18 ނޮވެމްބަރު 2014 0