ހއ. އަދި ހދ. ގައި އެމްޓީސީސީ ލޯންޗް ފެރީގެ ހިދުމަތް ފަށައިފި — Ihavandhoo.com

ހއ. އަދި ހދ. ގައި އެމްޓީސީސީ ލޯންޗް ފެރީގެ ހިދުމަތް ފަށައިފި

16 އޭޕުރީލު 2019 0

އެމްޓީސީސީއިން ފޯރުކޮށްދެމުންދާ ދަތުރުފަތުރުގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ހއ. އަދި ހދ. އަތޮޅުތެރޭ ހައިސްޕީޑު ފެރީގެ ޚިދުމަތް ދޭން ފަށައިފިއެވެ.

އެ ކުންފުނިން ބުނިގޮތުގައި މިއަދު އެ ހިދުމަތް ފެށީ އަޖުމަ ބެލުމުގެ ގޮތުންނެވެ. ފެރީގެ ހިދުމަތް އަދި ދެނީ ހއ. ދިއްދޫ އާއި ހދ. ހަނިމާދޫގެ އިތުރުން ހދ. ކުޅުދުއްފުށި ގުޅުވާލައިގެންނެވެ. ހިދުމަތުގެ ފީ އުޅެނީ 150ރ. އާއި 250ރ. އާ ދޭތެރޭ އަގުތަކެއްގަ އެވެ.

އަޖުމަ ބެލުމަށް ފަހު އެ ދެ އަތޮޅުގެ ރަށްތަކަށް ދާއިމީކޮށް ހިދުމަތް ދޭން ފަށާނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން މިހާރު ވެސް އަންނަނީ މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ފެރީގެ ހިދުމަތް ދެމުންނެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ