ހއ. އަތޮޅު ކައުންސިލް ޕުލާސްޓިކާ ދުރަށް — Ihavandhoo.com

ހއ. އަތޮޅު ކައުންސިލް ޕުލާސްޓިކާ ދުރަށް

25 ސެޕްޓެމްބަރު 2019 0

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަކީ ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ނުކުރާ ތަނަކަށް ހެދުމުގެގޮތުން މޯލްޑިވްސް ބަޔޯޑައިވަރސިޓީ އެސޯސިއޭޝަންގެ އެހީތެރިކަމާއެކު އެ އިދާރާގެ މުވައްޒަފުން ފެންބުއިމަށް ބޭނުންވާ ބިއްލޫރި ފުޅި ޙަވާލުކޮށް ދެއްވައިފިއެވެ.

މިކަމަށްޓަކައި 23 ސެޕްޓެމްބަރ 2019 ދުވަހު ހއ. އަތޮޅު ސްޓޭޓްހައުސްގެ ކޮންފަރެންސް ހޯލްގައި ބޭއްވުނު ރަސްމިއްޔާތެއްގައި ފުޅި ޙަވާލުކޮށް ދެއްވީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޙުސައިނެވެ. މިރަސްމިއްޔާތުގައި ކައުންސިލް މެމްބަރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަތޮޅު ކައުންސިލްގެ ރައިސް ވިދާޅުވީ ހއ. އަތޮޅު ކައުންސިލް އިދާރާއަކީ ޕްލާސްޓިކާ ދުރުތަނަކަށް ހެއްދުމުގެ އަމާޒު ހިފާފައި ވާކަމަށެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ކުރަމުންދިޔަ މަސައްކަތަށް އެހީތެރި ވުމުގެގޮތުން މޯލްޑިވްސް ބަޔޯޑައިވަރސިޓީ އެސޯސިއޭޝަނުން ބިއްލޫރި ފުޅި ދެއްވާފައިވާތީ އެކަމަށްޓަކައި އެ އެސޯސިއޭޝަނަށް ކައުންސިލްގެ ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ