ސައިބީރިއާގެ ސަރަހައްދަކަށް ކުއްލި ގޮތަކަށް ގަނޑުފެނުގެ ވާރޭ ވެހިއްޖެ — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

02 ދުވަސް

ސައިބީރިއާގެ ސަރަހައްދަކަށް ކުއްލި ގޮތަކަށް ގަނޑުފެނުގެ ވާރޭ ވެހިއްޖެ

15 ޖުލައި 2014 1

 

ސައިބީރިއާގެ އަތިރިމަތީ ސަރަހައްދަކަށް ގަނޑުފެނުގެ ވާރޭ ވެހިއްޖެ އެވެ.

ސައިބީރިއަން ޓައިމްސް އިން ވާރޭވެހުނު އިރު މޫދަށް އެރި އުޅުނު މީހުންނާ ހަވާލާދީ ބުނެފައި ވަނީ އަވިދޭ ދުވަހެއްގައި ގަނޑުފެނުގެ ވާރޭ ވެހުނީ ވަރަށް ކުއްލި ގޮތަކަށް ކަމަށެވެ. ވެހުނު ގަނޑުފެނުގެ ވާރޭ ގޯލްފް ބޯޅަ އާއި ކުކުޅު ބިސް ވަރު ވާނޭ ކަމަށް މޫދަށްއެރި އުޅުނު މީހުންނާ ހަވާލާދީ އެނޫހުގައި ވެއެވެ.


ގަނޑުފެނުގެ ވާރޭ ވެހިފައި ވަނީ "ރިވާ އޯބްއަށް" ގިނަ ބަޔަކު އެރެންގޮސްފައި ތިއްބައެވެ. އެއީ ދުނިޔޭގެ ފަސްވަނައަށް އެންމެ ދިގު ކޯރެވެ. ފިނިހޫނުމިން 37 ޑިގްރީ ސެލްސިއަސް ގައި ހުރި އިރު ކުއްލިއަކަށް ވައި ގަދަވެ ގަނޑުފެނުގެ ވާރޭ ވެހެން ފެށުމުން އަތިރިމަތީގައި ތިބި ބައެއް މީހުން ހިޔާހޯދީ އެސަރަހައްދުގައި ހަރުކޮށްފައި ހުންނަ ކުޑަތަކާއި ޖިފުޓިތަކަކުން ކަމަށް ވެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ހަމަކަށަވަރުން، اللَّه، ވިލާ ހިންގަވާތީ ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟ ދެން އެ ވިލާތައް އެއްކުރައްވަތެވެ. ދެން މަތިމައްޗަށް ހުންނަ ވިލާތަކެއްކަމުގައި ލައްވަތެވެ. ފަހެ، އެ ވިލާތަކުގެ ތެރެއިން، ވާރޭ ނުކުމެގެން އަންނާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އަދި އުޑުގައިވާ، ފަރުބަދަތައް ފަދަ ބިޔަ ވިލާތަކުން، އެކަލާނގެ ގަނޑުފެން ވެއްސަވަތެވެ. ފަހެ، އެކަލާނގެ އިރާދަކުރައްވާ މީހެއްގައި އެ ޖައްސަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހެއްގެ ކިބައިން އެ، ދުރުކުރައްވަތެވެ. އޭގެ ވިދުވަރުގެ އަލިގަދަކަމުން، ލޯތަކުގެ ފެނުން ގެންދިޔުމާ ގާތްކުރެތެވެ. (24:43)

– 16 ޖުލައި 2014 0