ހައްޖުވެރިންގެ ރައްކާތެރިކަމަށްޓަކައި 18000 މަދަނީ ސިފައިން އައްޔަންކޮށްފި — Ihavandhoo.com

ހައްޖުވެރިންގެ ރައްކާތެރިކަމަށްޓަކައި 18000 މަދަނީ ސިފައިން އައްޔަންކޮށްފި

8 އޮގަސްޓު 2018 0

ހައްޖުގެ މަތިވެރި އަޅުކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގެފުޅަށް ދާ މުސްލިމުންނަށް ދިމާވެދާނެ ކުއްލި ހާލަތެއްގައި ހައްޖުވެރިންގެ ރައްކައުތެރިކަމަށްޓަކައި އަމަލު ކުރާނެ އުސޫލެއް ކަނޑައަޅައި އަމަލު ކުރަން ފަށައިފި ކަމަށް ސައުދީގެ ސިވިލް ޑިފެންސްގެ ޑިރެކްޓަރ ޖެނެރަލް ސުލައިމާން ބިން ޢަބުދުﷲ އަލް އޮމްރޫ ވިދާޅުވެއްޖެ އެވެ.

ސުލައިމާން ބިން ޢަބުދުﷲ އާ ހަވާލާދީ އެރެބް ނިއުސް ގައި ވަނީ މަދަނީ މަދަނީ ސަލާމަތީ ފޯސް އިން މައްކާ، މަދީނާ އަދި ހުރުމަތްތެރިވެގެންދާ ސަރަހައްދުތަކުގައި އެބައިމީހުންގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. މިގޮތުން، ހައްޖުވެރިންނަށް އަޅުކަމުގެ ތެރޭގައި ދިމާވެދާނެކަމަށް ބެލެވޭ ހާދިސާ ތަކާމެދު ވިސްނާ ހައްޖުވެރިންގެ ސަލާމަތަށްޓަކައި އެފަދަ ހާލަތްތަށް މެދުވެރިނުވާނޭ ގޮތްތައް ހޯދާ ބަލަމުން ދާނެ ކަމަށެވެ.

ސިވިލް ޑިފެންސްގެ ޑިރެކްޓަރ ޖެނެރަލް ވަނީ މިމަސައްކަތައް 18000 އޮފިސަރުންނާއި މުވައްޒަފުން އައްޔަން ކޮށް މިމަސައްކަތުގައި ބޭނުން ކުރުމަށް 3000 އުޅަނދު ހައްޖުވެރިން ދަތުރުކުރާނޭ މަގުތަކާއި ސަރަހައްދުތަކަށް ފޮނުވާފައެވެ.

ހައްޖުވެރިންގެ ރައްކައުތެރިކަމަށްޓަކައި އަމަލު ކުރުމަށް ކަނޑައެޅި އުސޫލަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މައްކާގެ ރީޖަނަލް ޑިވެލޮޕުމެންޓު އޮތޯރިޓީ އިން ވަނީ އެއޮތޯރިޓީގެ 14000 މުވައްޒަފުންނާއި 400 މެކޭނިކުން މިމަސައްކަތައް ހުސްކޮށްދީފަ އެވެ.

ހައްޖު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ