ފުލުހުންގެ މައްޗަށް ހައި ކޯޓުން ކޮށްފައިވާ އަމުރެއް ތަންފީޒް ކުރުމަށް އިހަވަންދޫ ދޯންޏެއް ހޯދަނީ — Ihavandhoo.com

ފުލުހުންގެ މައްޗަށް ހައި ކޯޓުން ކޮށްފައިވާ އަމުރެއް ތަންފީޒް ކުރުމަށް އިހަވަންދޫ ދޯންޏެއް ހޯދަނީ

16 ސެޕްޓެމްބަރު 2014 4

ފުލުހުންގެ މައްޗަށް ހައިކޯޓުން ކޮށްފައިވާ އަމުރަކާ ގުޅިގެން ހޯދަމުންދާ "ސާހިބާ" ނަމަކަށް ކިޔާ ދޯނި

ފުލުހުންގެ މައްޗަށް ހައިކޯޓުން ކޮށްފައިވާ އަމުރެއް ތަންފީޒް ކުރުމަށް، އިހަވަންދޫއަށް ނިސްބަތްވާ ދޯންޏެއް ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ. "ސާހިބާ" ނަމަކަށް ކިޔާ ދިގުމިނުގައި ގާތްގަނޑަކަށް 85 ފޫޓު ހުންނަ މިދޯނި އެންމެ ފަހުން ފުލުހުންނަށް ފެނުނު އިރު ދޯނީގައި ހުރީ ނޫކުލަ އާއި ހުދު ކުލައިގެ ދަވާދު ލާފައި ކަމަށާއި ދޯނީގެ މަތީގައި ގެގަނޑެއް ހަދާފައި ހުންނަ މިދޯންޏަކީ ކަންނެލި މަސްވެރިކަން ކޮށް އުޅުމަށް ބޭނުންކުރާ ގޮތަށް ބަނދެފައިވާ ދޯންޏެކަމަށް ފުލުހުން ހާމަކުރެއެވެ.

އެދޯންޔާއިބެހޭ އެއްވެސް މަޢުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާނަމަ، އެ މަޢުލޫމާތެއް އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792265 އަށް ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

އިހަވަންދޫ ޕޮލިސް ސްޓޭޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ރިލުވާނު ނުހޯދުނުބަޔަކަށް ތިދޯންޏެއްވެސް ނުހޯދޭނެ އެންނު.

– 16 ސެޕްޓެމްބަރު 2014 1

އަކްރަމޫ ތިޔައީ ޚަބަރެއްތަ؟ ނޫހެއްގެ އޮތް ގޮތަށް ކޮޕީ ކޮއްފަ؟

– 17 ސެޕްޓެމްބަރު 2014 2

ކޮންމެވެސް މީހަކު މިއަދު އޮންލައިން ބަލާލަބަލަ...މި މިއޮތީ އެއްވެސް ތަފާތެއް ނެތް ގޮތަށް ކޮޕީ ކޮށްފަ

– 21 ސެޕްޓެމްބަރު 2014 0

http://www.miadhu.com/dv/?p=99121 މިއުތީ މިއަދުގަ އޮތްގޮތް. ހުރިހާނޫހަކުންވެސް ސޯސްއަކަށް ބަލާފައޮތީ ޕޮލިސް ވެބްސައިޓް.

– 21 ސެޕްޓެމްބަރު 2014 0