ހޯރަފުށީ ފުޓުސެލް ދަނޑު ރަސްމީކޮށް ހުޅުވައިދެއްވައިފި

23 މެއި 2016 0

ހއ. ހޯރަފުށީ ފުޓުސެލް ދަނޑު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

ފުޓުސެލް ދަނޑު ރަސްމީކޮށް ހުޅުއްވަވައި ދެއްވީ މިރޭ ހޯރަފުށީ ފުޓުސެލް ދަނޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ޔޫތު އެންޑު ސްޕޯރޓުސް އޮނަރަބަލް އަހުމަދު ޒުހޫރު އެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރައިސުލްޖުމުހުރިއްޔާ ޢަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމު "ސަރުކާރާ ހަވާލުވެފައި ވަނީ ޒުވާނުންގެ ރައީސެއްގެ ގޮތުގައި، ޒުވަނުންގެ ސަރުކާރެއްގެ ގޮތުގައި، ޒުވާނުންނަށް އުޖާލާ މުސްތަޤުބަލެއް ގެނެސްދިނުމަށްޓަކައި" ކަމަށެވެ.

ސުޕޯރޓުސް އެރީނާގައި ހިމެނެނީ ހަމައެކަނި ފުޓުސެލް ދަނޑު އެކަނި ނޫންކަމަށް ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، ގިނަ ކުޅިވަރުތަކާ ސްޕޯރޓުސް ކޮމްޕުލެކްސް ފަދަ ތަންތަން ސްޕޯރޓްސް އެރީނާގައި ހިމެނޭކަމަށާއި، މި ފުޓުސެލް ދަނޑުގެ އިތުރުން ބަށިކޯޓާ، ވޮލީ ކޯޓާއި ބާސްކެޓު ކޯޓު އަދި ސްޕޯރޓުސް ކޮމްޕުކްސް އެއްގެ ގޮތުގައި އިންޑޯރ ކުޅިވަރު ކުލެވޭނޭ ވަސީލަތްތައް ޤާއިމު ކުރުމަށްޓަކައި ތަނެއް ހެދުމުގެ މަސައްކަތް މިހާރު ހޯރަފުށީގައި ފެށިފައި ވާކަމަށެވެ.

މިރޭ ފުޓުސެލް ދަނޑު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ވަނީ އެކުވެރިކަމުގެ ފުޓުސެލް މެޗެއް ކުޅެފައެވެ. މިމެޗުގައި ބައްދަލުކުރީ، ހޯރަފުށީ ކައުންސިލްގެ ޓީމަކާއި ޔޫތު މިނިސްޓުރީގެ ޓީމެކެވެ.

ހއ. ހޯރަފުށި

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ