ހޯރަފުށީގެ ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައިފި — Ihavandhoo.com

ހޯރަފުށީގެ ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައިފި

23 މެއި 2016 0

ރައީސުލްޖުމްހޫރިއްޔާ، ހޯރަފުށީގެ ނަރުދަމާ ނިޒާމް ރަސްމީކޮށް އިފްތިތާހްކުރައްވަނީ- ފޮޓޯ: އެމް.ޑަބްލިއު .އެސް.ސީ

ހޯރަފުށީގެ ނަރުދަމާގެ ނިޒާމް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ރަސްމީގޮތުން އިފްތިތާޙްކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހޯރަފުށީގެ ނަރުދަމާ ނިޒާމް އިފްތިތާޙްކޮށްދެއްވީ އެ ރަށުގައި މިއަދު މެންދުރުފަހު 1:15 ގައި ހޯރަފުށީ ބަނދަރު ސަރަހައްދުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ނަރުދަމާގެ ޙިދުމަތް އިފްތިތާހުކޮށްދިނުމަށްޓަކައި މޮނިއުމެންޓުގެ ފަރުދާ، ރައީސުލްޖުމުހުރިއްޔާ ކަހާލަދެއްވިއެރު، އެމަނިކުފާނުގެ އަރިއަހުގައި އެންވަޔަރަމަންޓް މިނިސްޓަރު އޮނަރަބަލް ތޯރިގް އިބްރާހީމް، ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލްފާޟިލް މުޙައްމަދު އިސްމާއީލް، އެމް.ޑަބުލިޔު.އެސް.ސީ ގެ އެމްޑީ އަލްފާޟިލް އިބުރާހިމް ފަޒީލް ރަޝީދު އާއި ހޯރަފުށީ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަލީ އާރިފު އާއި މިނިސްޓަރ އޮފް ސެޓޭޓު ފޯރ އެންވަޔަރަމަންޓު އެންޑު އެނަރޖީ އަލްފާޟިލް ޢަބުދުލް މަތީން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ދައުލަތުގެ ބަޖެޓުން 60 މިލިއަން ތިރީސް ހަހާސް ތިރީސް އެއްރުފިޔާ ހަރަދުކުރައްވައިގެން މިއަދު ޙިދުމަތް ފެށި ހޯރަފުށީގައި ޤާއިމްކުރެއްވި ނަރުދަމާ ނިޒާމްގެ ޚިދުމަތް  670 އަށްވުރެ ގިނަ ގެއާ ވަނީ ގުޅާލެވިފައެވެ.

މިމަޝްރޫޢުގެ މަސައްކަތް ނިމުނުއިރު، ހޯރަފުށީގައި 4 ޕަމްޕު ސްޓޭޝަން ޤާއިމްކުރައްވައި، 14.94 ކިލޯމީޓަރުގެ ނަރުދަމާގެ ވިއުގަޔެއް ޤާއިމްކޮށް، ނަޖިސް ބޭރުކުރުމަށްޓަކައި ރަށުގެ އެއްގަމު ތޮށިން ފެށިގެން  256 މީޓަރުގެ ދުރު ރާސްތާއަކަށް ސީ އައުޓްފޯލް ހޮޅި އަޅާފައިވާކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.

އެމްޑަބްލިއުއެސްސީއިން މި މަޝްރޫޢުގެ މަސައްކަތް ފަށާފައިވަނީ 2014 ވަނަ އަހަރުގެ ނޮވެމްބަރ މަހުގައެވެ. 2014 ވަނަ އަހަރު، މިމަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވާ ދެއްވުމަށްވެސް ރައީސުލްޖުމުހުރިއްޔާ ވަނީ ހޯރަފުއްޓަށް ވަޑައިގެން ދެއްވާފައެވެ.

ހއ. ހޯރަފުށި

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ