ހޯރަފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

23 މެއި 2016 0

ހއ. ހޯރަފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

 ހޯރަފުށީ ގޮޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ މިއަދު މެންދުރުފަހު 1:00 ގައި ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމްއެވެ.

އެރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ދައުލަތުގެ ވަޒީރުންނާއި މަޖިލިސް މެންބަރުންނާއި އެރަށު ރައްޔިތުން ބައިވެރިވިއެވެ.

9 އޮގަސްޓް 2015 ގައި އެމްޓީސީސީ އާ 19.1 މިލިއަން ރުފިޔާ އަށް ހަވާލުކުރެވުނު އެ މަޝްރޫއުގެދަށުން ހޯރަފުށީގެ ގިރާ ސަރަހައްދުގައި 800 މީޓަރުގެ ބޮޑު ހިލައިގެ ތޮށި ގާއިމްކުރެވިގެންދާއެވެ. އެގޮތުން ރަށުގެ އިރު އުތުރުފަރާތުގައި 570 މީޓަރު އަދި އިރު ދެކުނު ފަރާތުގައި 230 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

18 މަސްދުވަސް ތެރޭގައި ނިންމުމަށް އެއްބަސް ކޮށްފައިވާ މިމަސައްކަތުގެ އީއައިއޭ މަރުހަލާ ނިމި އެ މަސައްކަތް މިދިޔަ މަހު 15 ގައި ފެށިފައިވާއިރު، އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެ މަސައްކަތް އަންނަ ނޮވެމްބަރު 10 އަކަށް ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ހއ. ހޯރަފުށި

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ