ހޯރަފުށީ އެއަރޕޯޓް އެޅުމުގެ މަސައްކަތް ހަވާލުކޮށްފި — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

34 ދުވަސް

ހޯރަފުށީ އެއަރޕޯޓް އެޅުމުގެ މަސައްކަތް ހަވާލުކޮށްފި

25 މާރިޗު 2019 0

ހޯރަފުށި އެއާޕޯޓްގެ އެއްބަސްވުުމުގައި ސޮެއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ޕީ.އެސް.އެމް

ހއ.ހޯރަފުށީގައި ތަރައްޤީކުރާ އެއަރޕޯޓްގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ.

ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި އެއަރޕޯޓް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޓްރާންސްޕޯރޓް މިނިސްޓަރ ޢާއިޝަތު ނަހުލާއެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރ ޙަސަން ޝާހުއެވެ.

ރައީސް ޔާމިނުގެ ސަރުކާރުގައި ހއ ހޯރަފުށި އެއަރޕޯރޓް އެރަށާއި ކައިރީގައި އޮންނަ މާފިނޮޅުގައި އެޅުމަށް ހަމަޖެހިފައި ވީނަމަވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަން ފެށި، ފެހިކަންގަދަ ރަށްތައް ހަލާކުކުރުން މަދުކޮށް ޖަޒީރާވަންތަކަން ދެމެހެއްޓުމަށްޓަކައި އެއަރޕޯރޓް އެޅުމުގެ މަސައްކަތް އަނބުރާ ހޯރަފުއްޓަށް ވަނީ ބަދަލުކޮށްފައެވެ. އަދި ހޯރަފުށީގައި ހިއްކާފައިވާ ސަރަޙައްދު މިހާރަށް ވުރެ ބޮޑަށް ހިއްކައި، އެރަށުގައި އެއަރޕޯޓް ހެދުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. 

މިހާރުވެސް އެމްޓީސީސީއިން ދަނީ ތިން އެއާޕޯޓެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ ކުޅުދުއްފުށީ އެއާޕޯޓާއި ފުނަދޫ އަދި މާވާރުލު އެއާޕޯޓުގެ މަސައްކަތެވެ. އެމްޓީސީސީއިން އެންމެ ފަހުން ތަރައްގީކޮށްފައިވަނީ ށ. ފުނަދޫ އެއާޕޯޓެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ