އިހަވަންދޫއަށް ހޯމް ކަރަންޓީނަށް 19 މީހަކު އަތުވެއްޖެ

16 ޖޫން 2020 0

ހޯމް ކަރަންޓީނަށް ހުޅުވާލި ފުރުސަތުގައި 19 މީހަކު މިއަދު މާލެއިން އިހަވަންދޫއަށް އަތުވެއްޖެ އެވެ. މިއީ ހޯމް ކަރަންޓީނަށް ހުޅުވާލި ފަހުން ރަށަށް އައި ފުރަތަމަ ގުރޫޕެވެ.

މާލެއިން އިހަވަންދޫއަށް އައި 19 މީހަކު އިހަވަންދޫގެ 6 ގެއެއްގައި ކަރަންޓީނު ކޮށްފައިވާއިރު، ކައުންސިލުން ބުނެފައިވަނީ އެގެތަކަށް 24 ދުވަސް ވަންދެން އެއްވެސް ފަރާތެއް ވަދެ ނިކުމެ އުޅުމަކީ މަނާކަމައް ކަމަށެވެ.

އިހަވަންދޫގައި ކަރަންޓީނު ކޮށްފައިވާ ގެތަކަކީ:

  • ސައުރު
  • ފެނައާރު
  • ބިޖިލީގެ
  • އާވެހި
  • ފަތިސް
  • ނޫހިރި

އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ރަޝީދު މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހޯމް ކަރަންޓީނަށް ގެތަށް ތައްޔާރުކޮށްފައިވަނީ އިތުރު ބަޔަކު އެގެތަކުގައި ނޫޅޭ ގެތަކާއި ގެތަކުން މީހުން ހުސްކޮށްގެން އެކަމަށް ތައްޔާރުކޮށްފައިވާ ގެތަށް ކަމަށެވެ.

ހޯމަ ކަރަންޓީނުގައި ތިއްބަވާ ފަރާތްތަކަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސާފައިވާނެކަން ފާހަގަ ކުރައްވާ ރަޝީދު ވިދާޅުވީ، އެ އިންތިޒާމްތައް ހަމަޖައްސާނީ ޓާސްކްފޯސް އިން ކަމަށެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ