ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ބިމުގައި ހުރި ރުއްގަހުގެ ވެރިންގެ މަޢުލޫމާތު ސާފުކުރަނީ — Ihavandhoo.com

ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ބިމުގައި ހުރި ރުއްގަހުގެ ވެރިންގެ މަޢުލޫމާތު ސާފުކުރަނީ

26 ސެޕްޓެމްބަރު 2019 1

އާމިނާދިޔޯ ސިއްހީމަރުކަޒުގެ ބިންބޮޑުކުރުމަށްޓަކައި އިތުރަށް ބިން ބޮޑުކުރެވެން އޮތްމިންވަރު ކައުންސިލްގެ ފަރާތުން ބަލަނީ. ފޮޓޯ: އާމިނާދިޔޯ ސިއްހީމަރުކަޒު

އާމިނާދިޔޯ ސިއްހީމަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށްޓަކައި އަޅަންޖެހޭ އިމާރާތް އެޅުމަށްޓަކައި އެމަރުކަޒުގެ ބިމަށް އިތުރުކުރެވުނު ބިމުގައިހުރި ރުއްގަހުގެ ވެރިން ސާފުކުރުމަށް އިހަވަންދޫ ކައުންސިލުން އިޢުލާނު ކޮށްފިއެވެ.

 ކައުންސިލުން ބުނެފައި ވަނީ މަރުކަޒަށް އިތުރުކޮށްފައިވާ ބިން އޮންނާނީ އާމިނާދިޔޯ ސިއްހީމަރުކަޒުގެ ހުޅަނގުން، ނާރެސްމަގުގެ އުތުރުން ކަތީބު ކަލޭފާނު މަގުގެ އިރުން، އާމިނާދިޔޯ ހިނގުމުގެ ދެކުނުގައި ކަމަށެވެ.

މިބިމުގައި ހުރި ރުއްގަހުގައި ކައުންސިލުން މިހާރު ހުދުދަވާދުން ރަސްގެ ޖަހައި ނަންބަރެއް ޖަހާފައިވާއިރު، ރުއްގަހުގެ ވެރިން އަންނަ އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހުގެ ކުރިން އެފަރާތެއްގެ ރުއްގަހުގައި ޖަހާފައިވާ ނަންބަރު ކައުންސިލަށް ގެނެސްދިނުމަށް ކައުންސިލުން ވަނީ އެދިލައްވާފައެވެ.

މިމުއްދަތުގެ ތެރޭގައި ނަންބަރު ނުގެންނަ ރުއްގަހާމެދު 21/98 ގައިވާ ގޮތުގެ މަތިން ޢަމަލު ކުރެވޭނެ ކަމަށް ކައުންސިލުން ވަނީ އިޢުލާނު ކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހޮސްޕިޓަލް އެޅުމަށްޓަކައި އާމިނާދިޔޯ ސިއްހީމަރުކަޒަށް އިހަވަންދޫ ކައުންސިލުން އިތުރުކޮށްދީފައިވާ ބިމުގައި ފޯދިފައިވާ 64 ރުކާއި ނުފޯދޭ 7 ރުއް އަދި 1 ހިރުނދު ގަސް އެބަހުއްޓެވެ.

އިހަވަންދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ނިންމާފައިވާއިރު، އަޅަންޖެހޭ އިމާރަތް ޑިޒައިންކޮށް ބިލް އޮފް ކުއެންޓިޓީ (ބީއޯކިއު) ތައްޔާރުކޮށްދިނުމަށް މިދިޔަ ޖޫން މަހުގެ ތެރޭގައި ވަނީ ބަޔަކާ ހަވާލުކޮށްފައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އެބަ ރަނގަޅުވޭ․ އެކަމަކު ސުޕީޑަށް ދޭނީ ހަމަ 0 ޔާމިން ހުރިނަމަ މިހާރު އިމާރާތުގެ ފިނިޝިންގ ކުރިއަށްދާނެ ކަމަށް ބެލެވެނީ

– 27 ސެޕްޓެމްބަރު 2019 0