ހެކްކުރި 5 މިލިއަން ޖީމެއިލްގެ ތެރޭގައި ތިބާގެ އެކައުންޓް ހިމެނޭތޯ ބަލާނީ ކިހިނެއް؟ — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

93 ދުވަސް

ހެކްކުރި 5 މިލިއަން ޖީމެއިލްގެ ތެރޭގައި ތިބާގެ އެކައުންޓް ހިމެނޭތޯ ބަލާނީ ކިހިނެއް؟

12 ސެޕްޓެމްބަރު 2014 0

މިދިޔަ ބުދަ ދުވަހު ބޭއްވި ރަޝިއަން ބިޓްކޮއިން ފޯރަމްގައިވަނީ 5 މިލިއަން ޖީމެއިލްގެ ޕާސްވޯޑާއި ޔޫސަރ ނޭމްތަކުގެ ލިސްޓެއް ލީކްކޮށްލާފައެވެ. މިއާއިއެކު ޖީމެއިލް އަދި ގޫގަލްގެ ސާވިސަތައް ހޯދަމުންދާ ކޮންމެމީހެއްގެވެސް ހިތުގައި އުފެދޭނެ ސުވާލަކީ މިލިސްޓުގައި ތިބާގެ އެކައުންޓްގެ މައުލޫމާތު ލީކްކޮށްލައިފައިވެތޯ އެވެ.

މިހާ ގިނަ ޢަދަދެއްގެ ޕާސްވޯޑުތަކެއް ހޯދި ގޮތާއި މެދު ސުވާލު އުފެދިފައި ވާއިރު، ގޫގުލް އިން ބުނަނީ، މިއީ އެކުންފުނީގެ ސިސްޓަމުތަކުން ވަގަށް ނަގާފައިވާ މަޢުލޫމާތު ތަކެއް ކަމުގައި ގަބޫލު ނުކުރެވޭ ކަމަށެވެ. ބެލެވޭ ގޮތުގައި މި ސިއްރު މަޢުލޫމާތުތަކަކީ ވަކި ވަކި ކޮމްޕިއުޓަރުން ހޯދާފައިވާ މަޢުލޫމާތެވެ.

މިކަމާއި ގުޅިގެން ގޫގުލް އިން ވަނީ، ޖީމެއިލް ބޭނުންކުރާ ފަރާތްތަކަށް، އެހާ ފަސޭހައިން ހޯދޭނެ ކަހަލަ ޕާސްވޯޑުތައް ބޭނުން ނުކުރުމަށާއި، ޓޫ ސްޓެޕް އޮތެންޓިކޭޝަން ބޭނުން ކުރުމަށް ޖީމެއިލް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

ގޫގަލްގެ ހުރިހާ ޕްރޮޑަކްޓެއްގެވެސް ސެކިއުރިޓީ ބަލަހައްޓާ ފާރަވެރިޔަކީ ޖީމެއިލްކަމުން، ގޫގަލް އާއި ގުޅުންހުރި ހުރިހާ ސާވިސްއެއް ބޭނުންކުރާ ފަރާތްތަށްވެސް ވަނީ މިކަމުގެ ނުރައްކަލަށް ހުށަހެޅިފައެވެ.

ލީކްކޮށްލި 5 މިލިއަން އެކައުންޓްގެ ތެރޭގައި ތިބާގެ އެކައުންޓް ހިމެނޭތޯ ތިރީގައިވާ ސައިޓްތަކަށް ޒިޔާރަތްކޮށް ބެލިދާނެއެވެ.

ހެކްޑް ޑޭޓަރ ބޭސް
އިސް ލީކްޑް
ޖީމެއިލް ލީކް

ގޫގުލް

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ