ހުންއައުމާއި އަރިދަފުސް ރޯގާ ޖެހޭމީހުންގެ އަދަދު އިތުރުވެއްޖެ — Ihavandhoo.com

ހުންއައުމާއި އަރިދަފުސް ރޯގާ ޖެހޭމީހުންގެ އަދަދު އިތުރުވެއްޖެ

16 ޖެނުއަރީ 2018 0

ހއ. އިހަވަންދޫގައި މިދުވަސްވަރު ހުން އައުމާއި، އަރިދަފުސް ރޯގާޖެހިގެން ޑޮކްޓަރަށް ދައްކާ ފަރުވާ ހޯދަމުންދާ ފަރާތްތަކުގެ އަދަދު އިތުރުވަމުން ދާކަމަށް ފާހަގަ ކުރެވިފައިވާ ކަމަށް އިހަވަންދޫ ސިއްހީމަރުކަޒުގެ ޕަބުލިކް ހެލްތު ޔުނިޓުން ބުނެފިއެވެ.

އެ ޔުނިޓުން މިއަދު ކުރެއްވި އިޢުލާނުގައި ވަނީ ބަލި ފެތުރުން ހުއްޓުވުމަށާއި، ބަލިން ރައްކާތެރިވުމަށްޓަކައި ސަމާލުކަން ދެއްވަންވީ ކަންތައްތަކެއް ފާހަގަ ކުރައްވާފައެވެ. އެއީ:

1-      ކެއްސާކިބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުން

2-      ލޮލާއި އަނގަ އަދި ނޭފަތަށް އަތްނުލުން

3-      ބަލިޖެހިފައިވާ މީހުނާނާއި ގައިގޯޅިވެ ނޫޅުމާއި ބަލިވެއްޖެ ނަމަ ބަލި ފަސޭހަވަންދެން ގޭގައި މަޑުކުރުން

4-      ރައްކާތެރިގޮތުގައި ކާނާބޭނުންކުރުމާއި ކާބޯތަކެތީގެ ސާފްތާހިރުކަމަށް ސަމާލުކަންދެއްވުން

5-      ކާތަކެތި ރަނގަޅަށް ދޮވެގެން ބޭނުންކުރުން

6-      ގޭތެރެއާއި އާއްމު ސާފްތާހިރުކަމަށް ސަމާލުކަން ދެއްވުން.

އިހަވަންދޫ ސިއްހީމަރުކަޒުގެ އުޢުލާނުގައި އިތުރަށް ބުނެފައި ވަނީ މިދުވަސްވަރަކީ އަތޮޅުތެރޭގެ ބައެއްރަށްރަށުގައި ޑެންގީ ހުންވެސް ފެތުރެމުންދާ ދުވަސްވަރަކަށްވާތީ ޑެންގީ ހުމުންރައްކާތެރިވެ ތިބުމަށްޓަކައި ގެއާއިގޯތިތެރޭގައި މަދިރިއުފެދި އާލާވާގޮތަށް ހުރިތަންތަން ނައްތާލުމަށްވެސް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ރައްޔިތުންގެ ކިބައިން އެދިލައްވާފައެވެ.

އިހަވަންދޫ ސިއްޙީ މަރުކަޒު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ