ހުވަފެންތަކާއި އުއްމީދުތަކުގައި ކުލަޖެއްސުމަށް މުހައްމާ އަށް ވޯޓުދެއްވާ! — Ihavandhoo.com

ހުވަފެންތަކާއި އުއްމީދުތަކުގައި ކުލަޖެއްސުމަށް މުހައްމާ އަށް ވޯޓުދެއްވާ!

23 ފެބުރުއަރީ 2014 45

ދިވެހިރައްޔިތުންނަށް ފަރުދީ މިނިވަންކަން ލިބި، މަލްޓި-ޕާޓީގެ ޒަމާނީ ޑިމޮކްރަސީއަކަށް ދިވެހި ޤައުމު ވާޞިލްކޮށްދިން ޤާނޫނުއަސާސީގެ ދަށުން ، 2009 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިހަވަންދޫ ދާއިރާއަށް ވާދަކުރެއްވި 6 ބޭފުޅުންގެ ތެރެއިން ، ހަނިގޮތަކުން އެ އިންތިޙާބުން ނާކާމިޔާބުވެ ވަޑައިގެންނެވި މުހައްމަދު ޢަބުދުﷲގެ ސިޔާސީ ތޫނު ފިލިކަންފެނި، ސިޔާސީ ޕާޓީތަކުގެ ބޮޑެތި ބޭފުޅުން އާޝޯޚްވި އެވެ. 30 އަހަރު ރާއްޖޭގެ ވެރިކަން ކުރެއްވި ރައީސް މައުމޫނުގެ ކެބިނެޓްގައި ހިމެނިވަޑައިގެންނެވި އަބުދުﷲ ކަމާލުއްދީނާއި، ރައީސް ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނުންގެ ގާތް މިތުރަކާއި އަދިވެސް އިތުރު 4 ބޭފުޅަކާއި ، ޖުމުހޫރީ ޕާޓީގެ ޓިކެޓްގައި ވާދަކުރައްވާ މުހައްމަދު ޢަބުދުﷲ ހޯއްދެވި ކާމިޔާބީގެ ސަބަބުން އެތައްބަޔަކު ޚައިރާންވިއެވެ. ސިޔާސީ ގަދަ ކަނޑަށް ގިނިކަންޏާ ނިކުމެވަޑައިގެން ދާއިރާގެ ރައްޔިތުންގެ ރުހުމާއި ލޯބި ހޯއްދެވިއެވެ.

ސިޔާސީ ގޮތުން ބައެއް ބޭފުޅުން ދަތުރުކުރައްވާ އޮޑި އަވަސް އަވަހަށް ކުއްލިކުއްލިއަށް މުދަލާއި ފައިސާއާއި މަގާމަށްޓަކައި ބަދަލުކުރައްވާއިރު، ސިޔާސީ ފިކުރު އަދިވެސް ދެގޮތެއްނުވެ، ޖުމުހޫރީ ޕާޓީގައި ، އެޕާޓީ އިހަވަންދޫ ދާއިރާގައި ދިރުވައި ކުރިއަށްގެންދިއުމަށް ބުރަ މިންނެތް މަސައްކަތްތަކެއް ކުރެއްވި ސިޔާސީ މުފައްކިރަނީ 1974 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 6 ވަނަ ދުވަހު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ، އިހަވަންދޫގެ ވަރަށް އާދައިގެ އާއިލާއަކަށް އުފަން މުހައްމަދު ޢަބުދުﷲ (މުހައްމާ ) އެވެ. 

މުހައްމަދު ޢަބުދުﷲ ގެ މަންމާ ފުޅަކީ އިހަވަންދޫ ޗާންދަނީގެ ފާޠިމަތު ނަޞީރު އެވެ. ބައްޕާ ފުޅަކީ އެރަށު އުސްއަކުރުގޭ އަލްމަރުހޫމް ޢަބުދުﷲ މުހައްމަދު އެވެ. އާއިލާގައި 13 ބޭފުޅުން ތިއްބަވާ މުހައްމަދު ޢަބުދުﷲ ކައިވެނި ބައްލަވާގެން އުޅުއްވަނީ އިހަވަންދޫ ސަތަރުގޭ ޚަދީޖާ ނަޒުމީލާ އާ އެވެ. މިކައިވެންޏަށް 3 ކުދިން މުހައްމަދު ޢަބުދުﷲ އަށް ލިބިވަޑައިގެންފައިވެއެވެ.

އުފަން ރަށް، އިހަވަންދޫއިން ލިބެންހުރި ތަޢުލީމަކާއި ހުނަރެއް ޢުމުރާ ގުޅޭގޮތުން ހޯއްދަވާ، އާއިލީ ތިމާގެ ބޭފުޅެއް އެހީތެރިކަމާއެކު، ޅަފުރައިގެ އަހަރުތަކުގައި ތައްލީމު ޙާޞިލް ކުރެއްވުމަށް މާލެވަޑައިގެން ، މާލޭ އިންގްލިޝް ސްކޫލުންނާއި މަޖީދުގެއިން ލިބިވަޑައިގެންނެވި ތަޢްލީމަކާއި ތަމްރީނެއް ހޯއްދަވައި، ކަންކަމަށް ނަޒަރު ހިންގަވައި މުރާލިކަމާއެކު ޙަރަކާތްތެރިވެ ވަޑައިގެންނެވިއެވެ. އިމާރާތްކުރުމާއި ރެކުރޫޓުކުރުމާއި ، ފިލްމު އުފެއްދުމާއި ޑައިރެކްޓްކުރުމުގައި ދިވެހި ގައުމަށް ޚިދުމަތްކުރައްވަމުން ގެންދެވިއެވެ.  ޕާރފޯމިންސް އާރޓްސްގައި ރާއްޖޭގައި ދެވަނައެއްނެތް ކޮމީޑިއަނެއްގެ ގޮތުގައި މީހުންގެ ހިތްތައް ފަތަޙަކުރައްވަމުން ދާއިރާގެ ރައްޔިތުންގެ އިތުރުން ދިވެހި ރާއްޖޭގެ ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް ހޯއްދެވިއެވެ.

2008 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބާއި 2013 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި ޖުމުހޫރީ ޕާޓީގެ ލީޑަރ އޮނަރުބަލް ގާސިމް އިބްރާހީމަށް ތާއީދުކޮށް އެނިކުފާނަށް އިޚްލާޞްތެރިކަމާއެކު ކެމްޕޭންކުރައްވާ، 2013 ވަނަ އަހަރު އޮތް ރިޔާސީ އިންތިޙާބުގެ ފުރަތަމަ ބުރުން އިހަވަންދޫ ދާއިރާ އިން ބޮޑު ތާއީދެއް ހޯއްދަވާދެއްވުމުގައި މުހައްމަދު އަބުދުﷲ އަދާކުރެއްވި ދައުރަކީ ސިޔާސީ ދަނޑުގައި އެބޭފުޅާއަށްވުރެން ވަކިން މޮޅަށް މިދާއިރާގައި ކުޅެވޭނެ އިތުރު ބޭފުޅަކު ނެތްކަން އަންގާދޭ ރީތި މިސާލެކެވެ. 2013 ވަނަ އަހަރު އޮތް ރިޔާސީ އިންތިޙާބުގެ ދެވަނަ ބުރުގައި އަމިއްލަފުޅަށް އިސްނަންގަވައިގެން ، ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ ޢަބުދުﷲ ޔާމީނަށް ވެރިކަން ހޯއްދަވައިދެއްވުމަށް ނުހަނު ބުރަ މަސައްކަތްތަކެއް މުހައްމަދު ޢަބުދުﷲ ކުރެއްވި އެވެ. ނަތީޖާއެއްގެ ގޮތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރުގެ ކޯލިޝަނުން ވާދަކުރެއްވުމަށް  މުހައްމަދު އަބުދުﷲއަށް ކޯލިޝަނުގެ ޓިކެޓް ލިބިވަޑައިގަތުމުން އެކަމަށް ހަސަދަވެރިވާނެ އެތައްބަޔަކު ތިބޭނެއެވެ. މިކަން ހަޖަމު ނުކުރެވޭނެ ބަޔަކު އަމިއްލަގޮތުން މަޖިލީހަށް ކުރިމަތި ލައްވަފާނެއެވެ. އަދި އަދުގެ ސަރުކާރަށް އިހަވަންދޫގެ ގޮނޑި ގެއްލުވާލުމަށް ފާޅުގައި މަސައްކަތްވެސްކޮށްފާނެއެވެ.

މަޖިލިސް އިންތިހާބުގައި އިހަވަންދޫ ދާއިރާއަށް ވާދަކުރެއްވާ ކެންޑިޑޭޓުންނަށް ބަލާއިރު މިހާރު ދާއިރާގެ ޙާލަތަށް ބަލާއިރު ސިޔާސީގޮތުންނާއި އިޖްތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުންނާއި އަދި މިނޫންވެސް ހުރިހާ ދާއިރާތަކަކުން، ދާއިރާގެ ރައްޔިތުން އެދޭ ބަދަލުތަކާއި ކުރިއެރުންތައް ރައްޔިތުންނަށް ގެނެސްދެއްވޭނެ އެންމެ އެކަށީގެންވާ އެންމެ ހިންގުންތެރި އެންމެ މުރާލި ބޭފުޅަކީ، މުހައްމަދު ޢަބުދުﷲ އެވެ.

އަދުގެ ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމަށް ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް އެއްބާރުލުންދީ ސަރުކާރު ނަގަހައްޓާ، ދަމަހައްޓަދޭނެ ސަރުކާރުގެ މިތުރަކީ ، ދާއިރާގެ ރައްޔިތުންގެ އަޣްލަބިއްޔަތު ކަމުގައި ހިމެނޭ ގިނަބަޔަކު މިހާރު ބުނާނީ އެމީހަކީ، މުހައްމަދު ޢަބުދުﷲ ކަމަށެވެ.

2009 ވަނަ އަހަރުންފެށިގެން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިޙާބު ކާމިޔާބުކުރެއްވުމަށް އަޒުމުކަނޑައަޅައި އެކަމަށް އަމާޒުހިފި ހަމައެކަނި ކެންޑިޑޭޓަކީ މުހައްމަދު ޢަބުދުﷲ އެވެ. ދާއިރާގެ ރައްޔިތުންނާއި ގުޅުން ބަދަހިކޮށް، އިޖުތިމާޢީ ގުޅުން ދެމެހެއްޓެވި ހަމައެކަނި ބޭފުޅަކީ މުހައްމަދު ޢަބުދުﷲ އެވެ. ދާއިރާގެ ޒުވާނުންގެ އިހްސާސްތަކާއި އެބޭފުޅުންގެ ވިންދު އެގިވަޑައިގެން، އެބޭފުޅުންނަށްޓަކައި ކަންތައްތަކެއް ކުރެއްވި ބޭފުޅަކީ މުހައްމަދު ޢަބުދުﷲ އެވެ.

އަދުގެ ސަރުކާރާއި ގުޅިގެން، ދާއިރާއަށް ތަރައްގީ ނެގެސްދިނުމަށް، ދާއިރާގެ ރައްޔިތުންގެ ހުވަފެންތަކާއި އުއްމީދުތަކުގައި ކުލަޖެއްސުމަށް ކެންޑިޑޭޓް ނަންބަރު 1، މުހައްމަދު ޢަބުދުﷲ ( މުހައްމާ ) އަށް ވޯޓް ދެއްވާށެވެ.

މަޖިލިސް އިންތިޚާބު 2014

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ތެތު ހަޤީގަތް. އަޅުގަނޑުގެ ވޯޓް މުހައްމާއަށް

– 23 ފެބުރުއަރީ 2014 8

ހާދަ ފިނޑިބަޔެކޭދޯ މުހައްމާ ޕުރޮމޯޓްކުރަނީ، ލިޔާމީހާގެ ނަންވެސް ޖަހާލަންނުކެރޭ

– 23 ފެބުރުއަރީ 2014 7

ކާކުގެ ލިޔުމެއް؟ މިހާރު .ކޮމް މުހަންމާ ގަނެލީތަ

– 23 ފެބުރުއަރީ 2014 4

"މުހައްމަދު އަބުދުﷲއަށް ކޯލިޝަނުގެ ޓިކެޓް ލިބިވަޑައިގަތުމުން އެކަމަށް ހަސަދަވެރިވާނެ އެތައްބަޔަކު ތިބޭނެއެވެ. " ތަބަކަކަށްލާފަ ދިނީނު، ނަސީރުވެސް ޖޭޕީގެ ޓިކެޓްހޯދަން ކުރިމަތިލި. އެކަމަކު މަހައްމާއަށް ތަބަކަކަށްލާފަ ޓިކެޓްދިނީ

– 23 ފެބުރުއަރީ 2014 8

" ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިހަވަންދޫ ދާއިރާއަށް ވާދަކުރެއްވި 6 ބޭފުޅުންގެ ތެރެއިން ، ހަނިގޮތަކުން އެ އިންތިޙާބުން ނާކާމިޔާބުވެ ވަޑައިގެންނެވި މުހައްމަދު ޢަބުދުﷲ" ހަނިގޮތަކަށޭ ބުނާއިރު ސަތޭކަ އެތައްވޯޓެއްގެ ތަފާތުން ބަލިވީ

– 23 ފެބުރުއަރީ 2014 5

"ސިޔާސީ ގަދަ ކަނޑަށް ގިނިކަންޏާ ނިކުމެވަޑައިގެން ދާއިރާގެ ރައްޔިތުންގެ ރުހުމާއި ލޯބި ހޯއްދެވިއެވެ." ގިނިކަންޔަކާނޫން މިލިއަން މިލިއަނުން ލާރިހިފާގެން ނުކުތީ

– 23 ފެބުރުއަރީ 2014 2

"އުފަން ރަށް، އިހަވަންދޫއިން ލިބެންހުރި ތަޢުލީމަކާއި ހުނަރެއް ޢުމުރާ ގުޅޭގޮތުން ހޯއްދަވާ، އާއިލީ ތިމާގެ ބޭފުޅެއް އެހީތެރިކަމާއެކު، ޅަފުރައިގެ އަހަރުތަކުގައި ތައްލީމު ޙާޞިލް ކުރެއްވުމަށް މާލެވަޑައިގެން ، މާލޭ އިންގްލިޝް ސްކޫލުންނާއި މަޖީދުގެއިން ލިބިވަޑައިގެންނެވި ތަޢްލީމަކާއި ތަމްރީނެއް ހޯއްދަވައި، ކަންކަމަށް ނަޒަރު ހިންގަވައި މުރާލިކަމާއެކު ޙަރަކާތްތެރިވެ ވަޑައިގެންނެވިއެވެ." ކީއްވެތަ ގުރޭޑް ނުވަޔަކާ ހަމައަށޭ ކިޔެވީ ނުބެވިގެން ތިއުޅެނީ. އޭރުވެސް ރާއްޖޭން އޯލެވެލްވެސް ހެދޭ

– 23 ފެބުރުއަރީ 2014 3

"ފިލްމު އުފެއްދުމާއި ޑައިރެކްޓްކުރުމުގައި ދިވެހި ގައުމަށް ޚިދުމަތްކުރައްވަމުން ގެންދެވިއެވެ." ހިދުމަތްކުރީކީ ނޫން! ރާއްޖެއަށް، ގޭގޭގެ ސިޓިންރޫމްތަކަށް ވަހުޝީ މަންޒަރުތަކެއް ފަތުރާލީ

– 23 ފެބުރުއަރީ 2014 3

"ކޮމީޑިއަނެއްގެ ގޮތުގައި މީހުންގެ ހިތްތައް ފަތަޙަކުރައްވަމުން" ކުރިހާވެސް ކަމަކީ އިހަވަންދޫ މީހުންނަށް މަލާމާތްކުރުން

– 23 ފެބުރުއަރީ 2014 3

"2008 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބާއި 2013 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި ޖުމުހޫރީ ޕާޓީގެ ލީޑަރ އޮނަރުބަލް ގާސިމް އިބްރާހީމަށް ތާއީދުކޮށް އެނިކުފާނަށް އިޚްލާޞްތެރިކަމާއެކު ކެމްޕޭންކުރައްވާ" ހޮސްދޮގު، 2008 ގަ ފުރަތަމަހުރީ މައުމޫން ގާތު. ދެން ގާސިމް ގާތު ދެން ނަޝީދު ގާތު. ވިކުމުގެ މިސާލެއް. މިވަރުބޭފުޅަކަށް މަޖުލިސް ގޮނޑި ދީފިނަމަ ވިކޭނެކަން ކަށަވަރު

– 23 ފެބުރުއަރީ 2014 3

"2013 ވަނަ އަހަރު އޮތް ރިޔާސީ އިންތިޙާބުގެ ފުރަތަމަ ބުރުން އިހަވަންދޫ ދާއިރާ އިން ބޮޑު ތާއީދެއް ހޯއްދަވާދެއްވުމުގައި މުހައްމަދު އަބުދުﷲ އަދާކުރެއްވި ދައުރަކީ" އިސްދައުރަކީ ލާރިބެހުން

– 23 ފެބުރުއަރީ 2014 5

"ދާއިރާގެ ރައްޔިތުން އެދޭ ބަދަލުތަކާއި ކުރިއެރުންތައް ރައްޔިތުންނަށް ގެނެސްދެއްވޭނެ އެންމެ އެކަށީގެންވާ އެންމެ ހިންގުންތެރި އެންމެ މުރާލި ބޭފުޅަކީ، މުހައްމަދު ޢަބުދުﷲ އެވެ." މުރާލިކަން ފެނުނު ވަގުނޫޓް ޖެހުމުން

– 23 ފެބުރުއަރީ 2014 4

"މަޖިލިސް އިންތިހާބުގައި އިހަވަންދޫ ދާއިރާއަށް ވާދަކުރެއްވާ ކެންޑިޑޭޓުންނަށް ބަލާއިރު މިހާރު ދާއިރާގެ ޙާލަތަށް ބަލާއިރު ސިޔާސީގޮތުންނާއި އިޖްތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުންނާއި އަދި މިނޫންވެސް ހުރިހާ ދާއިރާތަކަކުން، ދާއިރާގެ ރައްޔިތުން އެދޭ ބަދަލުތަކާއި ކުރިއެރުންތައް ރައްޔިތުންނަށް ގެނެސްދެއްވޭނެ އެންމެ އެކަށީގެންވާ އެންމެ ހިންގުންތެރި އެންމެ މުރާލި ބޭފުޅަކީ، މުހައްމަދު ޢަބުދުﷲ އެވެ." ކޮންތާކު، އިލްމެއް ހިލްމެއް ތަޖްރިބާއެއް ހުރިއްޔެއްނޫން. ވޯޓް އުސްތާޛް ޝާފިއު.

– 23 ފެބުރުއަރީ 2014 2

"އިޖުތިމާޢީ ގުޅުން ދެމެހެއްޓެވި ހަމައެކަނި ބޭފުޅަކީ މުހައްމަދު ޢަބުދުﷲ އެވެ." ކަމެއްވާއިރަށް ރުޅިގަދަވެގެން މުތުނަށްއަރާ

– 23 ފެބުރުއަރީ 2014 4

"އަދުގެ ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމަށް ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް އެއްބާރުލުންދީ ސަރުކާރު ނަގަހައްޓާ، ދަމަހައްޓަދޭނެ ސަރުކާރުގެ މިތުރަކީ ، ދާއިރާގެ ރައްޔިތުންގެ އަޣްލަބިއްޔަތު ކަމުގައި ހިމެނޭ ގިނަބަޔަކު މިހާރު ބުނާނީ އެމީހަކީ، މުހައްމަދު ޢަބުދުﷲ ކަމަށެވެ." ފާސާ ލިބޭ ކޮޅަކަށް ބަދަލުވާނެ.

– 23 ފެބުރުއަރީ 2014 1

ނަސީރު އޭ... ބަލަ އިޢުލާނުގައި އޮތެއް ނޫންތޯ ވަކިވަރަކަށްވުރެއް މަތިން މާކުސް ހޯދަން ޖެހޭކަމަށް. ހަމަކުއްލިއަކަށް ނަސީރު އައިސް ޓިކެޓް ހޯދަން އުޅުނަސް އެކަމެއް ނުވާނެ ދޯ.. ފުރަތަމަ ޚިދުމަތެއް ކޮށްދޭން ޖެހޭނެ. ތަބަކެކޭ ކިޔައިގެން އޮޅުވައިލަން ވާހަކަ ނުދައްކާ.. ޓިކެޓް ލިބުނީ ރަނގަޅަށް. ޖޭނުވެ ދެން.

– 23 ފެބުރުއަރީ 2014 4

މިލިޔުން އެބަ އޮތް ސޮންދު ބްލޮގްގަ. ހީވަނި ސޮންދުގެ ކަމެއްހެން.

– 23 ފެބުރުއަރީ 2014 1

އިހަވަންދޫ މީހުންނަކަށް މަލާމާތެއް ނުކުރެ ތިބުނާ ކުރު ފިލްމަކު. އެއީ ބުންޏޭ ބުންޏޭ. ހަމަ މޮޅު ފިލްމެއް އެއީ. އޭގައި ބޭނުންކޮށްފައި ހުރީ އިހަވަންދޫ ބަހުރުވަ.

– 23 ފެބުރުއަރީ 2014 4

"ނަސީރު އޭ... ބަލަ އިޢުލާނުގައި އޮތެއް ނޫންތޯ ވަކިވަރަކަށްވުރެއް މަތިން މާކުސް ހޯދަން ޖެހޭކަމަށް." އަވަގުރާނަ އިއުލާން ޑިމަކުރަސީއޯ! ހީހީ

– 23 ފެބުރުއަރީ 2014 3

ތެދު ހަޤީގަތް. އަޅުގަނޑުގެ ވޯޓް މުހައްމާއަށް. އިދިކޮޅު ބޭފުޅުންނަށް ވަނީ ދޮގުކަށް. މީއީ މީހުންގެ އެތެރެ ފުށާއި ބޭރުފުށުގެ މިހާރުގެ ހާލަތު. އިއްޒަތާއި ޝަރަފް ބޭނުންވާލެއް ބައެއްބޭފުޅުން އަވަހީ ރަށަށް ތިމާއަށް ކޮށްދެވުނު ކަމަކަށް ނުބަލާ ރަށް ތިމާއަށް ކަމެއް ކޮށް ދިނުމަށް އެދެނީ

– 23 ފެބުރުއަރީ 2014 2

ރަށަށް ތިމާއަށް ކޮށްދެވުނު ކަމަކަށް ނުބަލާ ރަށް ތިމާއަށް ކަމެއް ކޮށް ދިނުމަށް އެދެނީ..މިއީ ބައެއްބޭފުޅުންގެ ވިސްނުމާއި ފިކުރު

– 23 ފެބުރުއަރީ 2014 2

ދަައުރު ނިމިގެންދާ ރަށު ކަައުންސިލް އިންތިހާބުގަައި މުހަންމާ ކެމްޕެއިން ކުރީ އެމްޑީޕީ މަޖްލިސް ޓިކެޓް ދޭނަމޭ ބުނެގެން އެހެންކަމުން މުހަންމާ އަކީ ދެފުއްކެހެރި މީހެއް ކަމަށް ދެކެނީ... މަގޭ ވޯޓް އަދި މަގޭ އާއިލާ ވޯޓް އަދި ރަހްމަތްތެރިން ވޯޓް އަމިއްލަ ގޮތުން ކުރިމަތިލާފަތިބި 2މީހުންގެ ތެރެއިން ކޮންމެވެސް އެކަކަށް......

– 23 ފެބުރުއަރީ 2014 3

މުހަންމާ އަކީ މި ކުޑަ ކުޑަ ރާއްޖެއަށް ބޭވަފާތެރިއެއް.... މިވަރުން ކިޔުންތެރިންނަށް އެނގޭނެކަމަށް ހީކުރަން...............

– 23 ފެބުރުއަރީ 2014 4

މަޖުލީހުގެ ތަޅުމުގައި މުހަންމާ ކުޅޭނެ ކުރު ފިލްމެއް ނޯންނާނެ. ކުރު ފިލްމެއް ނުކުޅެވޭ ކަމަށްވާނަމަ ދެން ކުރާނެ ކަމެއްވެސް ނޯންނާނެ. ލަދުން ބޯ ހަލާކު.

– 23 ފެބުރުއަރީ 2014 2

މޫނާއި ޕާޓީއަށް ނުބަލާ ދީނީ ބޭފުޅާ ޝާފިއުއަށް ވޯޓްދެއްވާ

– 23 ފެބުރުއަރީ 2014 4

މުހައްމާއަށް ނެގެޓިވް ކޮމެންޓް ކޮސްފަިއވަނީ ހަމައެކަކު، ތަބަކަކަށްލާފަ ޓިކެޓެއް ނުދޭ. ޓިކެޓް ހޯދަން ޝަރުތުހަމަވާ އެހެންމީހަކު ނެތީމާ ޓިކެޓް ލިބުނީ ވޯޓުނުލާ

– 23 ފެބުރުއަރީ 2014 3

މުހަންމާ އަކީ މި ކުޑަ ކުޑަ ރާއްޖެއަށް ބޭވަފާތެރިއެއް.ިޯ.. މި ކޮމެންޓް ޖެހިމީހަކު ބުނެދީބަލަ ކޮންކަމަކަށްތޯ ބޭވަފާތެރިވީ ނޭގުނޭ ބުނެދީބަލަ! ޕުރޫފް ކުރެވޭ ކަމަކަށް ވަނީނަމަ އަހަރެން ވޯޓް މުހަންމާ އަކަށް ނުދޭނަން.

– 23 ފެބުރުއަރީ 2014 1

މުހަންމާ ބޭވަފާތެރިވީ އަހަރެމެންގެ ފައިސާއަށް.... ވަގުނޫޓް ޗާޕްކޮށް ރާއްޖޭގައި ދައުރުވަމުންދާ ފައިސާއަށް ހިޔާނާތްތެރިވީ މިވަރުގެ މީހަކަށް ވޯޓްދިނުމަކީ މި ކުޑަ ކުޑަ ރާއްޖެއަށް ބޭވަފާތެރިވުން ދެއްތޯ؟ ޖަވާބަށް އެދި ކޮމެންޓް ކުރި މީހާއަށް ޕުރޫފް ވާނެކަމަށް ހީކުރަން! އެކަންކުރީތީ މުހަންމާ އަރުވާވެސްލި! ބޭފުލާގެ ވޯޓް ހެޔޮގޮތުގައި ބޭނުން ހިފާނެ ކަމަށް ހީކުރަން! ވަރަށް ސަލާމް

– 23 ފެބުރުއަރީ 2014 1

މުހައްމަދު އަބުދުﷲއަށް ކޯލިޝަނުގެ ޓިކެޓް ލިބިވަޑައިގަތުމުން އެކަމަށް ހަސަދަވެރިވާނެ އެތައްބަޔަކު ތިބޭނެއެވެ. ކިހާބޮޑު ތެދު ވާހަކައެއް އެއީ.

– 23 ފެބުރުއަރީ 2014 2

މުހައްމަދު ޢަބުދުﷲ ގެ މަންމާ ފުޅަކީ އިހަވަންދޫ ޗާންދަނީގެ ފާޠިމަތު ނަޞީރު އެވެ. ބައްޕާ ފުޅަކީ އެރަށު އުސްއަކުރުގޭ އަލްމަރުހޫމް ޢަބުދުﷲ މުހައްމަދު އެވެ. އާއިލާގައި 13 ބޭފުޅުން ތިއްބަވާ މުހައްމަދު ޢަބުދުﷲ ކައިވެނި ބައްލަވާގެން އުޅުއްވަނީ އިހަވަންދޫ ސަތަރުގޭ ޚަދީޖާ ނަޒުމީލާ އާ އެވެ. މިކައިވެންޏަށް 3 ކުދިން މުހައްމަދު ޢަބުދުﷲ އަށް ލިބިވަޑައިގެންފައިވެއެވެ. މިވެސްވާނީ މުހައްމާދެކެ ހަސަދަވެރިވާ ބަޔަކަށް ދޮކަކަށް ވާނެހެން ހީވަނީ

– 23 ފެބުރުއަރީ 2014 3

ވަނަ އަހަރުންފެށިގެން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިޙާބު ކާމިޔާބުކުރެއްވުމަށް އަޒުމުކަނޑައަޅައި އެކަމަށް އަމާޒުހިފި ހަމައެކަނި ކެންޑިޑޭޓަކީ މުހައްމަދު ޢަބުދުﷲ އެވެ. ދާއިރާގެ ރައްޔިތުންނާއި ގުޅުން ބަދަހިކޮށް، އިޖުތިމާޢީ ގުޅުން ދެމެހެއްޓެވި ހަމައެކަނި ބޭފުޅަކީ މުހައްމަދު ޢަބުދުﷲ އެވެ. ދާއިރާގެ ޒުވާނުންގެ އިހްސާސްތަކާއި އެބޭފުޅުންގެ ވިންދު އެގިވަޑައިގެން، އެބޭފުޅުންނަށްޓަކައި ކަންތައްތަކެއް ކުރެއްވި ބޭފުޅަކީ މުހައްމަދު ޢަބުދުﷲ އެވެ. ކިހާބޮޑު ތެދު ވާހަކައެއްމީ..

– 23 ފެބުރުއަރީ 2014 2

އަދުގެ ސަރުކާރާއި ގުޅިގެން، ދާއިރާއަށް ތަރައްގީ ގެސްދިނުމަށް، ދާއިރާގެ ރައްޔިތުންގެ ހުވަފެންތަކާއި އުއްމީދުތަކުގައި ކުލަޖެއްސުމަށް ކެންޑިޑޭޓް ނަންބަރު 1، މުހައްމަދު ޢަބުދުﷲ ( މުހައްމާ ) އަށް ވޯޓް ދެއްވާށެވެ. މީވާހަކައަކީ...ދޮގެއްތޯ؟

– 23 ފެބުރުއަރީ 2014 4

ޕުރޫފް ވެއްޖެ ވަރަށް ރަގަލަށް ސުކުރިއްޔާ ބޭފުޅާއަށް! އަދި ރަގަލު ތެދު ވާހަކައެއް ކަމަށް ފެމެލީވެސް ރަށްޓެހިންވެސް ބުނެފި! އަހަރެންގެ ވޯޓް މުހަންމާ ނުދޭން ނިންމާފިން އަދި ރަށްޓެހިންވެސް.

– 23 ފެބުރުއަރީ 2014 2

މުހައްމާ މިދާއިރާއަށް ވޭތިވެދިޔަ 5 އަހަރު ކުރެއްވި ހިދުމަތް މިދާއިރާގެ ރައްޔިތުންނަށް އެނގޭ! ކޯލިޝަަން ވެރިކަން ހޯދާދިނުމަށްޓައި ރެއާއި ދުވާލު ބުރަ މަސައްކަތްތަކެއް ކުރެއްވި އިހުލާސްތެރި ދަރިއެއް! ކޮބާތޯ ތިބުނާ ޝާފިއު ކޮބާތޯ މަތީނު!

– 23 ފެބުރުއަރީ 2014 3

ހަމަ މީހަކު އެއްޗެކޭ ލިޔާއިރަށް ކޮމެންޓްގެ ގޮތުގައި މިތަނުގައި ނުޖެހުން އެދެން. މިހާރު ބަޔަކު މުކުރަނީ ކޮމެންޓް ލިޔެގެން ކެމްޕެއިން.

– 23 ފެބުރުއަރީ 2014 3

މަގޭ ވޯޓު މުހައްމާ އަށް!!!! ހޮވާނީ މުހައްމާ

– 23 ފެބުރުއަރީ 2014 3

މުހައްމާއަށް ވޮޓް ދިނުމަކީ ކުޑަކުއްޖަކަށް ވޮޓް ދިނުންފަދަ ކަމެއް.... އެއީ ދާއިރާގެ ހަލާކު.. އޭނަގެ ސަބަބުން މިހާރުވެސް އޮތީ މާރަންދޫއާ އިހަވަންދޫއާ ދެމެދު ނުތަނަވަސްކަން އުފެދިފަ.... މިފަހަރު ރަނގަޅީ ޝާފިއު...

– 24 ފެބުރުއަރީ 2014 1

މުހައްމާ ކޮންތާކުންތޯ ކޮންމެ މަހަކު މުސްކުލިންނަށް 10000 ރުފިޔާ ދެނީ... ހަސަން ޝަހްދާން -(އަރީބް ކޮއްކޮ)

– 24 ފެބުރުއަރީ 2014 0

އެއްފަހަރު ގަދަރާއި ކަރާމާތް ހޯދުމައް، ރައްއިތުން އުންމީދު ކުރާ ތަރައްގީ ހޯދުމަށް، ދެއްވާ ވޯޓަކީ ފަޙުރުވެރި ވޯޓަކަށް ހެދުމަށް އެއްފަހަރު މިހާރު އަހުމަދުﷲ އަށް ވޯޓު ދީފިން... ދެންނުދޭނަން މިފަހަރުއެއް އަހުމަދުﷲ އަށް ވޯޓުއެށް ހަސަން ޝަހުދާން (އަރީބު ކޮއްކޮ)

– 24 ފެބުރުއަރީ 2014 1

އެއްކަލަ ފަރިހިބެ.. އެވާހަކަ ދޯ!

– 24 ފެބުރުއަރީ 2014 0

ކޮންމެ މީހަކަށްވެސް މަޖިލީސް އަށް ކުރިމަތި ލެވޭނެ. ވަކި އަމިއްލަ ގޮތުން ކުރިމަތިލަނީ ދެންތިބި ކެނޑިޑެޓުން ނަށް ހަސަދަވެރިވާކަށް ނޫން..

– 25 ފެބުރުއަރީ 2014 0

ލިޔުންތަކާ ފިކުރަކީ އަބަދުވެސް ރުހޭ ގޮތަށް ދޭންޖެހޭ އެއްޗެއް. ހަގީގަތަކީ ކަންއޮތްގޮތް؟ މީހަކަށް ތާއީދުކުރުމަކީ، އޭނާ ހުދުކާފޫރަށް ހެދުމެއްނޫން. އެމީހަކު އިލްމު ހުރީ ކިހާވަރަކަށްތޯބަލަންޖެހޭނެ. އެމީހަކު ފަސްމަގުގައި ކަންތައް ކޮށްފައި ހުރި ގޮތް ދަނެގަންނަންޖެހޭނެ. ކިހާހުތުރު ކޮންފަދަ ކަމެއް ކޮށްފައިހުރިމީހެއްތޯ ބަލަންވާނެ. އަޚުލާގީ ގޮތުން ކިހާއުސްމިނެއްގައި ހުރިމީހެއްތޯއާއި، ފައިސާގެ ރައްޓެހިކަން ހުންނަމިންވަރަކާއި، ފައިސާއަށް ދޯހަޅިކަން ހުރީ ކިހާވަރަކަށްތޯ މިއީ އެނގެން ވާނެކަންތައް. އަދި ފައިސާ ހުރިނަމަ ކިހިނެއްކާކު ކީއްވެގެން ދިން އެއްޗެއްތޯއާއި، އެހާވަރަކުން އަސްލުވެސް ގޮނޑި ހޯދަނީ ކީއްވެގެން ކަން. ގޮނޑި ލިބިއްޖެނަމަ، ވިއްކާލާނޭ ބިރު އެބައޮތްތޯ. ސްކޫލް ދައުރު ނިންމާލީ ތާހިރުގޮތަކީ ކޮބައިކަން އެނގެންވާނެ. ހަގީގަތުގައިވެސް ގޮނޑި ކިލަނބުވާފަދަ ކަމެއް ކޮށްފައިވާ މީހަކު އިނުން ބުއްދިވެރި ނުވާނެ. މިފަހަރު އެމީހަކަށް ސަރުކާރުގެ އެއްބާރުލުން އޮތް މިންވަރަކާއި، ސަރުކާރޭ ކިޔާފައި ދެއްކި ވާހަކަ ތަކުގެ ހަގީގަތަކީ އެންމެނަށް އެނގެން ވާނެ އެނގެން ޖެހޭނެ ކަންތައްތައް.

– 25 ފެބުރުއަރީ 2014 1

އިހަވަންދޫ މީހުންނަކީ ވިސްނުން ރަނގަޅު ބައެއް. ކުޅިފޮނި، ހިތް ރަހަ ދަންނަ ބައެއް؟ އާއްޖަ ފާއްޖަ ދަންނަ ބައެއް، ބަޔަކު ޖަހާހާ ބެރަކަށް ނަށާބައެއްނޫން. އެހެން ކަމުން މިފަހަރު ގޮނޑީގައި ބައިންދަން އެންމެ ކަމުދަނީ ކާކުކަން އެމީހުންނަށް އެނގޭ. އެއީ ސުވާލު އުފެދޭ ކަމެއްނޫން. ވަރަށް ހާމަކޮށް ފެންނަން ހުރިކަމެއް. ރާވެރިޔާއަކަށް މޭޒުކައިރީ އިނދެގެން ނުލިޔެވޭނެ. ކްލާހަށްވަދެ ކިޔަވައި ނުދެވޭނެ. އެހެން ކަމުން ކަމުގެ ހުނަރާ ވިސްނުމާ ފިކުރު ހުރި ޢިލްމީ މީހުންނަށް އެކަންވާނީ

– 27 ފެބުރުއަރީ 2014 0

މުހައްމާައަކީ ޗޮއިސްއެއް ނޫން

– 9 މާރިޗު 2014 0

މުހައްމާގެ ފަތިފުށް ބެލުން މުހިއްމު ވޯޓުލުމުގެ ކުރީގަަަައި

– 10 މާރިޗު 2014 0