ހައިޑްސް، އަރާދުވާ، ނިކަ އަދި މާރަންދޫ ޔޫތް ކޯޕަރޭޝަން ސެމީއަށް — Ihavandhoo.com

ހައިޑްސް، އަރާދުވާ، ނިކަ އަދި މާރަންދޫ ޔޫތް ކޯޕަރޭޝަން ސެމީއަށް

21 ޑިސެމްބަރު 2016 2

މައިކަޕްގެ ސެމީފައިނަލަށް ހޯރަފުށީ ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީ، އިހަވަންދޫ އަރާދުވާ، މާރަންދޫ ޔޫތު ކޯޕަރޭޝަން އަދި އިހަވަންދޫ ނިކަ ދަތުރުކޮށްފިއެވެ.

އަރާދުވާ ސެމީ ފައިނަލަށް ދަތުރުކުރީ ޖަންގަލް ޑާކްޕޮއިންޓާއި ބައްދަލުކުރި މެޗް 2 ލަނޑު 1 ލަނޑުން ކާމިޔާބުކޮށްގެންނެވެ. ހޯރަފުށީ ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީ ސެމީފައިނަލަށް ދަތުރުކުރީ މާރަންދޫ ޔޫތްސޮސައިޓީގެ މައްޗަށް 2 ލަނޑު 1 ލަނޑުން ކުރިހޯދައިގެންނެވެ. މާރަންދޫ ޔޫތު ކޯޕަރޭޝަން ސެމީއަށް ދަތުރުކުރީ މިދިޔަ އަހަރު މައިކަޕްގެ ޗެމްޕިއަން ޔުނައިޓެޑް ޔޫތް 2 ލަނޑު އެއްލަނޑުން ބަލިކޮށްގެންނެވެ. މި މުބާރާތަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ނިކަ ސެމީ ފައިނަލަށް ދަތުރުކުރީ ސެންސިޓީ 4-2 ލަނޑުން ބަލިކޮށްގެންނެވެ.

މާދަމާ ހަވީރު 16:00 ގައި ކުޅޭ ސެމީފައިނަލްގެ ފުރަތަމަ މެޗްގައި ބައްދަލުކުރަނީ އަރާދުވާ އަދި މާރަންދޫ ޔޫތު ކޯޕަރޭޝަނެވެ. އަދި މާދަމާރޭ 20:15 ގައި ނިކަ އަދި ހޯރަފުށީ ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީ ބައްދަލުކުރާ ސެމީ ފައިނަލްގެ 2 ވަނަ މެޗް ކުޅޭނެއެވެ.

މައިކަޕް ފުޓްބޯޅަ މުބާރާތަކީ އިހަވަންދޫގައި ކުޅެވޭ އެންމެ ޝަރަފްވެރި ކުޅިވަރު މުބާރާތެވެ. މި މުބާރާތަކީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މިހާރުގެ މެމްބަރު މުޙައްމަދު ޢަބްދުﷲ (މުހަންމާ) އާއި ފިލްމީ ތަރި ޔޫސުފް ޝަފީޢު އިސްވެ ހުރެ އިހަވަންދޫ ސްޕޯޓްސް ކްލަބް މެދުވެރިކޮށް 2007 ވަނަ އަހަރު ފެށި މުބާރާތެކެވެ. އޭގެ ފަހުން ފާއިތުވެ ދިޔަ ކޮންމެ އަހަރަކު ވެސް އިތުރު ފުރިހަމަ ކުރުންތަކާއެކު މުހަންމާގެ މޭސްތިރި ކަމުގައި މި މުބާރާތް އަންނަނީ ބާއްވަމުންނެވެ. މިހާރު މި މުބާރާތް އިންތިޒާމް ކުރަނީ ކްލަބް ޕޯލް ސްޓާއިންނެވެ. މި މުބާރާތުގެ އެއް ވަނަ ޓީމަށް މި އަހަރު 75000 ރުފިޔާ ހުށަހަޅާފައިވެއެވެ.

މައިކަޕް 2016

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

Thi v gothun ihavandhoo mai cup mubaaraathun ketun varah gaaiy...

– 21 ޑިސެމްބަރު 2016 0

Thi v gothun ihavandhoo 2 team mai cup mubaaraathun ketun v gaaiy y

– 22 ޑިސެމްބަރު 2016 0