އައިކްލަބުން ބާއްވާ ވަންޑޭކަޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލަފި — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

64 ދުވަސް

އައިކްލަބުން ބާއްވާ ވަންޑޭކަޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލަފި


އިމޭޖްގެ ލޭއައުޓް ޑިޒައިންކޮށްފައި ވަނީ މުޙައްމަދު ޢަބްދުއްލަޠީފް / ބްލޫހައުސް

 

ފާއިތުވި އަށް އަހަރު، ކޮންމެ އަހަރަކު ވެސް މާލޭގައި ދިރިއުޅޭ އިހަވަންދޫ ރައްޔިތުންނަށް ހުޅުވާލައިގެން ބާއްވާ ވަންޑޭ ކަޕް ފުޓްބޯޅަ މުބާރާތް މި ފެށޭ ފެބްރުއަރީ މަހު ބާއްވާގޮތަށް ހަމަޖައްސައި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އައިކްލަބުން ހުޅުވައިލައިފިއެވެ.

މި މުބާރާތަކީ މާލެ އާއި މާލެ ކައިރި ސަރަހައްދުތަކުގައި ދިރިއުޅޭ އިހަވަންދޫ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ދިރުވައި އާލާކޮށް ޒުވާނުންގެ މެދުގައި ބަދަހިކަމާއި އަޚްވަންތަކަން ގާއިމްކުރުމުގެ މަގުޞަދުގައި ބާއްވަމުންދާ މުބާރާތެކެވެ.

އައިކްލަބްގެ ރައީސް މުޙައްމަދު ޝިހާން މި ނޫހަށް ވިދާޅުވީ މި އަހަރުގެ ވަންޑޭ ކަޕް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި ފެށޭ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހުގައި ކަމަށާއި މުބާރާތުގައި ބައިވެރިވުމުގެ ސުންގަނޑިއަކީ މި މަހުގެ 25 ވަނަ ދުވަހުގެ ރޭގަނޑު 10:00 ކަމަށެވެ.

ޝިހާން ވިދާޅުވީ މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގައި ވެސް ކުޅުންތެރިންގެ ގޮތުގައި ހިމެނޭނީ 10 ކުޅުންތެރިން ކަމަށާއި، މި މުބާރާތަކީ ފުޓްސެލް މުބާރާތެއް ކަމަށެވެ. އަދި މުބާރާތް އޮންނާނީ މާފަންނު ބީޖީ ފުޓްސެލް ސްޓޭޑިއަމްގައި ކަމަށެވެ.

މުބާރާތް އިންތިޒާމް ކުރުމުގައި އެންމެ އިސްވެ ހަރަކާތްތެރިވަމުންދާ މުޙައްމަދު ޢަބްދުއްލަޠީފް (ބްލޫހައުސް) މި ނޫހާ ވާހަކަ ދައްކަމުން ވިދާޅުވީ މި މުބާރާތުގެ ޗެމްޕެއަން ޓީމަށް އެކަށީގެންވާ ފައިސާގެ އިނާމެއް ހުށަހެޅިފައިވާކަމަށާއި، މި މުބާރާތް ކުރިއަށް ގެންދިއުމުގައި މާލޭގައި ދިރިއުޅޭ އިހަވަންދޫއަށް ނިސްބަތްވާ ކަމުވޮށިގެންވާ ބޭފުޅުންގެ ދީލަތި މަދަދާއި އެހީ ލިބެމުންދާ ކަމަށެވެ. މި މުބާރާތަށް ފުރިހަމަ އެއްބާރުލުން ދެއްވައި މުބާރާތުގެ މަޤުޞަދު ޙާޞިލްކޮށްދެއްވުމުގައި މާލޭގައި ދިރިއުޅޭ އިހަވަންދޫ ރައްޔިތުންގެ ފުށުން ލިބޭ ތަރުހީބާއި އެއްބާރުލުން ފާހަގަކޮށް އެ އެންމެހައި ބޭފުޅުންނަށް މުޙައްމަދު ޝުކުރު ދެންނެވިއެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ގަވާއިދު އައިކްލަބްގެ ފޭސްބުކް ޕޭޖްގައި ޝައިޢުކޮށްފައިވެއެވެ.

އައިކްލަބު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ