އައި ކްލަބުން ރޯދަވީއްލަން ދީފި — Ihavandhoo.com

އައި ކްލަބުން ރޯދަވީއްލަން ދީފި

 

މާލޭގައި ދިރިއުޅޭ އިހަވަންދޫގެ ރައްޔިތުންނަށް އައި ކްލަބުން ރޯދަވީއްލަން ދީފިއެވެ.

މާލޭ، ހެންވޭރު ކާނިވާ ސަރަހައްދުގައި ހުންނަ "މިންސް ޑެލީ"ގައި ބޭއްވި މި ރޯދަވީއްލުމުގައި އިހަވަންދޫއަށް ނިސްބަތްވާ ހަތްދިހަ ވަރަކަށް ފިރިހެން ބޭފުޅުން ބައިވެރިވިއެވެ.

އައި ކްލަބުން ވަނީ ފާއިތުވި ހަތަރު އަހަރު ވެސް، މާލޭގައި ދިރިއުޅޭ އިހަވަންދޫ ރައްޔިތުންނަށް ރޯދަވީއްލުން ދީފައެވެ. އަދި އޭގެ ކުރިން ރޯދަ މަހާ ދިމާކޮށް މާހެފުންތައް ބާއްވާފައިވެއެވެ.

އައި ކްލަބުން ދަނީ މާލޭގައި ދިރިއުޅޭ އިހަވަންދޫއަށް ނިސްބަތްވާ މީހުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް އާލާކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

އައިކްލަބު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ތިކަމެއް އޮތްކަމެއް ނޭންގެ․․

– 25 ޖޫން 2016 0

މި ކުލަބުން އިހަވަންދުއަށް އެއްވެސް ފައިދާއެއްކުރޭތަ؟

– 27 ޖޫން 2016 0