އައިހެވަންގެ މާސްޓަރ ޕްލޭން ހަދަން 10 ފަރާތަކުން ޝައުގުވެރިވެއްޖެ

21 ސެޕްޓެމްބަރު 2016 2

އިހަވަންދިއްޕޮޅު އަތޮޅުގައި ހިންގުމަށް ސަރުކާރުން ރާއްވަވާފައިވާ އައިހެވަން އިންޓަގްރޭޓަޑް ޕްރޮޖެކްޓުގެ މާސްޓަރ ޕްލޭން ތަރައްޤީކުރާނެ ފަރާތެއް ހޯދުމަށް، ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލުމުން އެކަމަށް 10 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފިއެވެ. އައިހެވަން އިންޓަގްރޭޓަޑް ޕްރޮޖެކްޓުގެ މާސްޓާ ޕްލޭން ހެދުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް އިކޮނޮމިކް މިނިސްޓްރީން ހުޅުވާލީ މިދިޔަ އޯގަސްޓް މަހުއެވެ.

ނޫސްތަކަށް އިއްޔަ މައުލޫމާތު ދެއްވަމުން އިކޮނޮމިކް  މިނިސްޓަރު ސައީދު ވިދާޅުވީ، މިހާރު ކުރިޔަށް ދަނީ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތްކަމަށެވެ. އައިހަވަންގެ ފީސިބިލިޓީ އެސެސްމެންޓް އެމެރިކާގެ ބޮސްޓަން ކޮންސަލްޓެންސީ ގްރޫޕުން ހަދާފައިވާއިރު، މާސްޓަރ ޕްލޭން ހަދަން ހަވާލުކުރާ ކުންފުނިން އެމަސައްކަތް 3 މަސްދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެއެވެ.

އައިހެވަން އިންޓަރގްރޭޓަޑް މަޝްރޫޢަކީ އިހަވަންދިއްޕޮޅުގައި ޒަމާނީ ބަނދަރެއް ހިމެނޭގޮތުން، ބަނދަރުގެ ވިޔަފާރިއަށް ސަޕޯޓުކުރާ އިތުރު އިންޑަސްޓްރީތައްކަމުގައިވާ ވެއަރހައުސިންގް، ޕެކޭޖިންގް، ޕްރޮސެސިންގް، މެނުފެކްޗަރިންގ، އިންޓަރނޭޝަނަލް ކްރޫޒް ފެސިލިޓީޒް އަދި އެއަރޕޯޓަކާއި ރިއަލް އެސްޓޭޓްގެ ބައިތައްވެސް ހިމެނޭގޮތަށް ތަރައްޤީކުރުމަށް ރޭވިފައިވާ މަޝްރޫޢެކެވެ.

އައިހެވަން މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވަނީ ވިދާޅުވެފައެވެ.

އައިހެވަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މިދާއިރާގެ މެންބަރު އެއްވެސް ވަރަކަށް އެކަމާ އުޅުއްވާތީ ނުފެނޭ، ސަރުކާރުން އެހެންވެ ސަރުކާރުން އޭނާ ނުވެސް ބައްސާ މިކަމުގަ․․ހުވަރަފުށީ މެންބަރު އިސްމާއީލު ރެއާދުވާލު އެއުޅެއްނީ އެއަރޕޯޓާ އައިހެވަންގެ ކަންތަކާ މިހާރުވެސް ބޭރަށް ގޮސްވީ ވަފުދަކާއެކު․․އަޑު އެހިން އޭނާ އަންނަންދެންނޭ މާސްޓަރ ޕްލޭންގެ ބިޑު ކާމިޔާބު ކުރި ފަރާތާ އެކު ސޮއި ނުކޮށް މަޑުކުރަނީވެސް․․މިތާ އުޅެނި ފިލްމުހަދާ މީހެއް

– 22 ސެޕްޓެމްބަރު 2016 0

ހޯަރފުށީ މުހައްމަދު އިސްމާއީލް ކަހަލަ މެންބަރަކު މި އިހަވަންދޫއިން ނެރެފަ ހުރިނަމަ ތިކަން ފެށުނުތާ ކިތަންމެ ޒަމާނެއް، އިންހަވަންދިއްޕޮޅުގެ 2 މެންބަރުންގެ މިކަމުގަ ނޫޅުނިއްޔާ ދެން ނާންނާނެ އައްޑޫއަކުން މިކަމާ އުޅެދޭކަށް މެްނަބަރުންނެއް․․ މުހައްމާ ބުރޯ ސީރިއަސްވެބަލަ މިކަމުގަ ގައްލަންދޫ ކަނޑު ހުރަސްކޮށް ހަނިމާދޫއިން ރަށަށް އަންނަ އައުން ނިމުމަކަށް ގެނެސް މާލެއްއަށް ބަރޯސާވުން ކުޑަކުރެވޭނެ ހަމައެކަނި މަގު މިއީ

– 22 ސެޕްޓެމްބަރު 2016 0