އައި އައި ކަޕް ފުޓުބޯޅަ މުބާރާތް ފަށައިފި — Ihavandhoo.com

އައި އައި ކަޕް ފުޓުބޯޅަ މުބާރާތް ފަށައިފި


އައި އައި ކަޕްގައި މިއަދު ހަވީރު ކުޅެވުނު ދެމެޗްގެ ތެރެއިން..//../.. ފޮޓޯ: އޮޓޯ ސޭވް ޕްރޮޑަކްޝަން (އޭއެސްޕީ)

ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލް އިދާރާ ގުޅިގެން ބާއްވާ އައި އައި ކަޕް ފުޓްބޯޅަ މުބާރާތް ފަށައިފި އެވެ.

އިހަވަންދޫ ހުރަވީ ދަނޑުގައި މިއަދު ހަވީރު ފެށި މިމުބާރާތުގައި ޖުމްލަ 8 ޓީމަކުން ބައިވެރިވެފައިވާއިރު މުބާރާތް ކުރިއަށް ގެންދަނީ ޓީމުތައް ދެގްރޫޕަކަށް ބަހާލައިގެން ޕޮއިންޓް ސިސްޓަމަށެވެ. އިހަވަންދޫ މަދަރުސާ ހިންގުމާ ހަވާލުވެހުންނެވި ކޮލިފައިޑް ލީޑިންގ ޓީޗަރ އަލްފާޟިލް އަޙްމަދު ރަޝީދު ޝަރަފުވެރިކޮށްދެއްވި މިމުބާރާތުގެ ފައިނަލް މެޗް ކުޅުމަށްހަމަޖެހިފައިވަނީ މިމަހުގެ 17 ވާ އަންގާރަ ދުވަހުއެވެ.

ސިކްސް އަ ސައިޑަށް ކުޅޭ މިމުބާރާތަކީ ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށާއި ޒުވާނުންނަށް ދުޅަހެޔޮ ސިއްޙަތަކަށް މަގުފަހިކޮށްދިނުމުގެ މަޤުޞަދުގައި ބާއްވާ މުބާރާތެކެވެ. އިހަވަންދޫގެ ދެޖިންސުގެ ޒުވާނުންނަށް އަމާޒުކޮށްގެން މިފަދަ އިތުރު ކުޅިވަރު މުބާރާތްތަކެއް ކުރިއަށް ގެންދިއުމަށް މަސައްކަތްކުރަމުންދާކަމަށް މުބާރާތް ކުރިޔަށްގެންދާ ފަރާތުން މައުލޫމާތުދެއެވެ.

އިހަވަންދޫ ޕޮލިސް ސްޓޭޝަން, އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މުބާރާތް ކުޅެގެން އެކުވެރިކަމެއް އާލާއެއް ނުވާނެއެވެ. ވިިއްޔާވާނީ ދެކޮޅުވެރި އެވެ. އުފެދޭނީ މައްސަލަތަކެވެ. އެއީ ތާރީޙުން ހެކިދޭކަމެކެވެ. ރަމްޟާން މަސް ކައިރިވަމުން އަންނައިރު އެކަމާ އުޅުނިއްޔާ މާ އޯކޭ ވާނެއެވެ.

– 10 ޖޫން 2014 0

އައި އައި ކަޕޭ ބުނީމަ އަދި ނޭނގުނޭ !!!

– 10 ޖޫން 2014 0