އައިސް ޕްލާންޓްގެ ކެޕޭސިޓީ ދެގުނަ އަށް އިތުރުކޮށްފި — Ihavandhoo.com

އައިސް ޕްލާންޓްގެ ކެޕޭސިޓީ ދެގުނަ އަށް އިތުރުކޮށްފި

14 އޮކްޓޫބަރު 2019 1

އިހަވަންދޫގެ އައިސް ޕްލާންޓުން ދުވާލަކު 50 ޓަނުގެ އައިސް އުފެއްދޭގޮތަށް ކެޕޭސިޓީ އިތުރުކޮށް ސްޓޯރޭޖް ބޭނުންކުރަން ފަށައިފިއެވެ.

މީގެ ކުރިން މިއައިސް ޕްލާންޓުން ދުވާލަކު އުފެއްދެނީ 25 ޓަނުގެ އައިސްއެވެ. އިހަވަންދޫ އައިސްޕުލާންޓުގެ ކެޕޭސިޓީ އިތުރު ކޮށްދެއްވުނއ އެއީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް އިހަވަންދޫއަށް ވެފައިވާ ވަޢުދެކެވެ. 2018 ސެޕްޓެމްބަރ 5 ވަނަ ދުވަހު އިހަވަންދޫއަށް ވަޑައިގެން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް އިހަވަންދޫއަށް ކޮށްދޭނެ ކަމަށް ވަޢުދު ވެލެއްވި ކަންތައްތަކުގެ ތެރެއިން އިހަވަންދޫގައި މަސްގަނެ ވިއްކޭނެ ގޮތް ހަދާ ދެއްވާނެ ކަމަށާއި އިހަވަންދޫގައި ހުރި އައިސްޕްލާންޓްން ރަށުގެ ދޯނިފަހަރަށް އެކަށީގެންވާވަރަށް ހިދުމަތް ނުދެވޭކަން ފާހަގަ ކުރައްވާ ، އައިސްޕުލާންޓު މިހާރަށް ވުރެ ބޮޑު ކޮށް، ކެޕޭސިޓީ ބޮޑުކޮށް، މަސްވެރިން ބޭނުންވާ ވަރަށް އައިސްލިބޭގޮތް ހައްދަވާދެއްވާނެ ކަމަށް ވިދާޅުވެފައި ވެއެވެ.

އިހަވަންދޫއަކީ އަކީ އުތުރުގައި ފާހަގަކޮށްލެވޭ މަސްވެރި ރަށެކެވެ. ހާއްސަކޮށް ބޮޑު ކަންނަލީގެ މަސްވެރިކަންކުރާ ގިނަ ދޯނި ފަހަރު އިހަވަންދޫގައި އޮވެއެވެ. މަސްވެރިން ބޭނުންވާވަރަށް އައިސް ނުލިބޭ ކަމުގެ ޝަކުވާއަކީ އަބަދުވެސް އަޑުއިވެމުންދާ ޝަކުވާއެކެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ޝުކުރިއްޔާ ޝިފާޢު․ ޝިފާއު ވަރެއް ހަމަ ނެތް

– 14 އޮކްޓޫބަރު 2019 1