އިހަވަންދިއްޕޮޅު ހޮސްޕިޓަލުގެ ބިންގާ އަޅުއްވައިފި — Ihavandhoo.com

އިހަވަންދިއްޕޮޅު ހޮސްޕިޓަލުގެ ބިންގާ އަޅުއްވައިފި

31 މާރިޗު 2019 3

އިހަވަންދިއްޕޮޅު ހޮސްޕިޓަލުގެ ބިންގާ އެޅުމަށް އާމިނާދިޔޯ ސިއްހީމަރުކަޒުގައި މިއަދު ބޭއްވުނު ރަސްމިއްޔާޓުގެ ތެރެއިން. ފޮޓޯ: އާމިނާދިޔޯ ސިއްހީމަރުކަޒު

ހއ. އިހަވަންދޫގައި ހުންނަ އާމިނާދިޔޯ ސިއްހީމަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އިހަވަންދޫގައި އިހަވަންދިއްޕޮޅު ހޮސްޕިޓަލުގެ ބިންގާ ރައީސުލްޖުމުހުރިއްޔާ އަލްފާޟިލް އިބުރާހިމް މުޙައްމަދު ސޯލިހު އަޅުއްވައިދެއްވައިފިއެވެ.

ރައީސުލްޖުމުހުރިއްޔާ އިބުރާހިމް މުޙައްމަދު ސޯލިހު އިހަވަންދިއްޕޮޅު ހޮސްޕިޓަލުގެ ބިންގާ އަޅުއްވާދެއްވާފައި ވަނީ އެމަނިކުފާނު މިއަދު އިހަވަންދޫއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން އާމިނާދިޔޯ ސިއްހީމަރުކަޒުގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އާމިނާދިޔޯ ސިއްހީމަރުކަޒު ހަސްފަތާލަކަށް ބަދަލުކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވަޢުދުތަކުގެ ތެރެއިން އިހަވަންދޫއަށް ވެލައްވާފައިވާ ވަޢުދެކެވެ. އަދި 2019 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ޕަބްލިކް ސަރވިސް އިންވެސްޓްމަންޓް ޕްރޮގްރާމް، ޕީއެސް އައިޕީގެ ދަށުން ސިއްހީމަރުކަޒު ހަސްފަތާލަކަށް ބަދަލުކުރުމުގެ މަޝްރޫޢު ހިމަނާފައިވާކަން ފާހަގަ ކުރެވެއެވެ. މިކަމަށްޓަކައި ބަޖެޓުން މިއަހަރަށް ކަނޑައަޅާފައި ވަނީ 2 މިލިއަން ރުފިޔާއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މުނާފިޤުން.․․ކިތަންމެބިންގަލެއް ޢެލިޔަސް․․․․ ﷲގެ ދީން ނެތިކޮށްލުމަށް ހިތުން ފޫގަޅައިގެން އުޅޭ މީހުން. އިންޝާﷲ ތިޔަ ބައިމީހުންތައް ބަލިކުރާނަން. ޔާﷲ އިސްލާމްދީން ބަލިކަށިކޮށް މިދީން ނެތިކޮށްލާ މިޤައުމު އަޅުވެތިކުރަން މަސައްކަތްކުރާ މީހުން ނާކާމިޔާބު ކުރައްވާނދޭވެ. އާމީން.

– 6 އޭޕުރީލު 2019 1

އެޖެންޑާ 19 އަށް ވޯޓު ދީފި ނަމަ އަންނާނީ ހިތާމަވެރި ދުވަސްތަކެއް․․․․ޥަރަށް ވާޙަކަމީ․․․․

– 6 އޭޕުރީލު 2019 0

ކިތަންމެ ޙުވަފެނެއް ދެއްކިޔަސްއެޖެންޑާ 19 ގައި ވަނީ މި ޤައުމުގައި ދުވަހަކުވެސް ނުދެކޭފަދަ ބިރުވެރި ކަމެއް! އޭގެ ތެރެއިން އެއް ކަމެއް އަޅުގަނޑު ފާހަގަ ކޮއްލާނަން! އެއީ ގެސްޓަ ހައުން ވިޔަފާރި މީހުން ދިރިއުޅޭ ގެތަކުގައި ކުރުން. ވިސްނާލައްވާ މިކަމުން ނިކުންނާނެ ނަތީޖާ!! ހުރިހައި ދިވެހިންނޭ ހޭައަރާ ތިބޭތި!!

– 6 އޭޕުރީލު 2019 0