ހަވީރު ސްޕޯޓްސް އެވޯޑަށް އިހަވަންދޫގެ 2 ކުޅުންތެރިޔަކު ވާދަކުރަނީ — Ihavandhoo.com

ހަވީރު ސްޕޯޓްސް އެވޯޑަށް އިހަވަންދޫގެ 2 ކުޅުންތެރިޔަކު ވާދަކުރަނީ

20 ފެބުރުއަރީ 2016 0

ހަވީރު ސްޕޯޓްސް އެވޯޑްސްގައި ހޮވާ ކެޓަގަރީތަކުގެ ތެރެއިން މިދިޔަ އަހަރުގެ އެންމެ މޮޅު އަންހެން ވޮލީކުޅުންތެރިޔާ އަދި އެންމެ އުއްމީދީ ވޮލީ ކުޅުންތެރިޔާ ގެ ކެޓަގަރީއިން ވާދަކުރާ ކުޅުންތެރިންގެ ތެރޭގައި އިހަވަންދޫއަށް ނިސްބަތްވާ 2 ކުޅުންތެރިޔަކު ހިމެނިއްޖެއެވެ. އެގޮތުން އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިޔާގެ އެވޯޑް ވާދަކުރާ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އިހަވަންދޫއަށް ނިސްބަތްވާ ކުޅުންތެރިޔަކީ ފާތިމަތު ތަހޫރާ އެވެ. އަދި އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަޤާމަށް ވާދަކުރާ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އިހަވަންދޫއަށް ނިސްބަތްވާ ކުޅުންތެރިޔާކީ ފާތިމަތު ޝަނީޒާ އެވެ.

މި ދެ ކުޅުންތެރިންނަކީވެސް މިދިޔައަހަރު އޮތް ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތުގައި ކުޅެފައިވާ ދެ ކުލުންތެރިންނެވެ. އެ މުބާރާތުގެ ޑްރީމް ޓީމްގައި ހިމެނޭ 6 ކުޅުންތެރިންގެ ތެރޭގައިވެސް ފާތިމަތު ތޮހޫރާ ހިމެނިފައިވެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ