އިހަވަންދޫއާއެކު 17 ރަށެއްގެ ބިން ހިއްކަނީ — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

34 ދުވަސް

އިހަވަންދޫއާއެކު 17 ރަށެއްގެ ބިން ހިއްކަނީ

29 މާރިޗު 2019 1

ހއ. އިހަވަންދޫ ހިމެނޭގޮތަށް ރާއްޖޭގެ 17 ރަށެއްގެ ބިން ހިއްކުމުގެ މަޝްރޫޢުތަކަށް ޑިޒައިން ކުރުމުގެ މަސައްކަތާއި އެންވަރަމަންޓް އިމްޕެކްޓެ އެސެސްމަންޓަށް ބޭނުންވާ އެންވަޔަރަމަންޓަލް ކޮންސަލްޓަންސީއާއި ރިޕޯޓު ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އިޢުލާނުކޮށްފައިވާ ގޮތުން މިމަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވުން އޮންނާނީ އަންނަ އޭޕުރީލް މަހުގެ 1 ވާ ހޯމަ ދުވަހު 11:00 ގައި އެ މިނިސްޓުރީގައެވެ. އަދި މަސައްކަތާއި ބެހޭ  ފައިނޭންޝަލް އަދި ޓެކްނިކަލް ޕްރޮޕޯސަލް ހުށައެޅުމަށް ހަމަޖެހިފައި ވަނީ 07 އެޕްރީލް 2019 ވާ އާދިއްތަ ދުވަހު 11:00 އަށް އެ މިނިސްޓްރީއަށް ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހާމަ ކުރައްވާފައި ވެއެވެ.

ބިން ހިއްކުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އިޢުލާނު ކޮށްފައިވާ ރަށްތައް:

1-      ހއ. އިހަވަންދޫ ބިން ހިއްކުން

2-      ހއ. ތުރާކުނު ބިން ހިއްކުން

3-      ރ. އަލިފުށި 10 ހެކްޓަރުގެ ބިން ހިއްކުން

4-      ރ. ދުވާފަރު ބިން ހިއްކުން

5-      ކ. ބިން ހިއްކުން

6-      ކ. ގުރައިދޫ ބިން ހިއްކުން

7-      ކ. ގުޅި ބިން ހިއްކުން

8-      އއ. ބޮޑު ފޮޅުދޫ ބިން ހިއްކުން

9-      އއ. އުކުޅަސް  ބިން ހިއްކުން

10-  ފ. މަގޫދޫ ބިން ހިއްކުން

11-  ފ. ފީއަލި ބިން ހިއްކުން

12-  ދ. މާއެނބޫދޫ ބިން ހިއްކުން

13-  ތ. ހިރިލަންދޫ ބިން ހިއްކުން

14-  ލ. މާވައް ބިން ހިއްކުން

15-  ހއ. ގއ. ދާންދޫ ބިން ހިއްކުން

16-  ގދ. މަޑަވެލި ބިން ހިއްކުން

17-  ސ. މަރަދޫ - މަރަދޫފޭދޫ ބިން ހިއްކުން

އިހަވަންދޫގެ ބިން ހިއްކުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިހަވަންދޫއަށް ވެލައްވާފައިވާ ގިނަ ވަޢުދުތަކުގެ ތެރެއިން ވަޢުދެއްކަން ފާހަގަކުރެވެއެވެ. އިހަވަންދޫގެ ބޯހިޔާވަހިކަމަށް ހައްލު ގެނައުމަށްޓަކައި ރަށުން ގޯތި ދޭނީ ބިން ހިއްކުމަށްފަހު ކަމަށް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވިދާޅުވެފައިވެއެވެ. އަދި ހިއްކާ ބިމުން ސިނާއީ މަސައްކަތްތަކަށް ބިން ދޫކުރެވޭނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އިހަވަންދޫގެ ބިން ހިއްކުމަށް މިއަހަރުގެ ބަޖެޓުގައި ވަނީ 45,695,000 (ސާޅީސް ފަސްމިލިއަން މިލިއަން ހަލައްކަ ނުވަދިހަ ފަސްހާސް ރުފިޔާ)، 2019 ހިމަނާފައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

Mee Adam moosaage support kuraa health center fayaaz liyefa oiyy liyunee. Bro meethi kadaey.

– 31 މާރިޗު 2019 0