އިހަވަންދޫ ބަނދަރު ހަދަން އެމްޓީސީސީއާއި ހަވާލުކޮށްފި — Ihavandhoo.com

އިހަވަންދޫ ބަނދަރު ހަދަން އެމްޓީސީސީއާއި ހަވާލުކޮށްފި

26 އޮގަސްޓު 2019 0

ހއ. އިހަވަންދޫގައި ބަނދަރު އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވި އެމްޓީސީސީގެ ސީއީއޯ މުހައްމަދު ޝާހު (ވ) އާއި ނެޝަނަލް ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު -- ފޮޓޯ: ނެޝަނަލް ޕްލޭނިން މިނިސްޓްރީ

ހއ. އިހަވަންދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މިއަދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރިގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ހަސަން ޝާހްއެވެ.

އިހަވަންދޫގައި ބަނދަރު ހެދުމުގެ މަޝްރޫއަށް ކަނޑައަޅާފައި ވަނީ 51.7 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި މަޝްރޫއު ފުރިހަމަކުރަން އެމްޓީސީސީ އަށް ދީފައވަނީ 400 ދުވަހެވެ. މި މަޝްރޫއުގެ ދަށުން ރަށުގެ ބަނދަރުގެ އެއްގަމު ތޮށި ބޮޑުކުރުމާއި، ބަނދަރުގެ ބޭރު ތޮށި އިތުރަށް ބޭރަށް ޖެއްސުން ހިމެނެއެވެ.

ބަނދަރު އަޕުގުރޭޑުކުރެވިގެންދާއިރު، އިހަވަންދޫ ބަނދަރުގެ ބޭރު ތޮށީގައި 284 މީޓަރުގެ ހުންނަ އިރު، އެއްގަމު ތޮށީގައި ހުންނާނީ 95 މީޓަރު ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ