އިހަވަންދޫ.ކޮމް އިން އިމަގު ކައުންސިލް ބަހުސް ކިއުންތެރިންނާއި ހަމަޔަށް ގެނެސްދެނީ — Ihavandhoo.com

އިހަވަންދޫ.ކޮމް އިން އިމަގު ކައުންސިލް ބަހުސް ކިއުންތެރިންނާއި ހަމަޔަށް ގެނެސްދެނީ

10 ޖެނުއަރީ 2014 2

ޕީޕީއެމް އާއި އެމްޑީޕީގެ ފަރާތުން އިހަވަންދޫ ކައުންސިލަށް ވާދަކުރައްވާ ދެކެންޑިޑޭޓަކު އެއިމް އިފަތިތާހް ކުރުމުގެ ޖަލްސާއަށްފަހުއޮތް ބިލެތް މީރުކޮށްލުމުގައި. ފޮޓޯ: ޝާހު (އިހަވަންދޫ.ކޮމް)

މިމަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިހަވަންދޫ ކައުންސިލަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނާއި އިހަވަންދޫ ދާއިރާގެ އަތޮޅު ކައުންސިލަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ މެދުގައި އިހަވަންދޫ މަސްވެރިންގެ ގުޅުމުގެ ފަރާތުން ބާއްވާ ބަހުސް އިހަވަންދޫ.ކޮމް އިން ކިއުންތެރިންނާއި ހަމަޔަށް ގެނެސްދިނުމަށް ނިންމައިފިއެވެ. އެގޮތުން ބަހުސްގައި ކެންޑިޑޭޓުނާއި ކުރެވޭ ސުވާލުތަކާއި އެސުވާލުތަކަށް އެބޭފުޅުންދެއްވާ ޖަވާބުތައް، ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަންބަރު ތަރުތީބުން ގެނެސްދެވޭނެއެވެ.

އިހަވަންދޫ.ކޮމްގެ އެޑިޓަރ މިނޫހަށް މައުލޫމާތުދެމުން ވިދާޅުވީ ކިއުންތެރިންނާއި ހަމަޔަށް ބަހުސްގެނެސްދޭން ނިންމީ ރަށާއި ރާއްޖޭން ބޭރުގައިވެސް އިހަވަންދޫގެ އެތައްފަރާތްތަކެއް ދިރިއުޅެމެންދާތީއާއި އަދި މިކަމަކީ ތާރީހީކަމަކަށް ވީހިނދު އެތައްފަރާތްތަކެއްގެ އެދިލެއްވުމުގެ މަތިންކަމުގައެވެ. މީ މިގޮތަށް އިހަވަންދޫގައި ބޭއްވޭ ފުރަތަމަ ބަހުސްއެވެ. އިމަގުން ހާމަކޮށްފައިވާ ގޮތުގައި އިހަވަންދޫ ދާއިރާގެ އަތޮޅު ކައުންސިލަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ބަހުސް މިރޭ އޮންނައިރު އިހަވަންދޫ ކައުންސިލަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ބަހުސް މި މަހު 14ގައި އޮންނާނެއެވެ.

އިމަގުން ހާމަކޮށްފައިވާ ގޮތުގައި އިމަގު ކައުންސިލް ބަހުސްގައި އިހަވަންދޫ ކައުންސިލަށާއި އިހަވަންދޫ ދާއިރާއިން އަތޮޅުކައުންސިލަށް ކުރިމަތިލާފައިވާ ހުރިހާ ކެންޑިޑޭޓުންވެސް ބައިވެރިވާނެއެވެ.

އިމަގު ކައުންސިލް ބަހުސް 2014, އިމަގު ޖަމިއްޔާ, އިހަވަންދޫ ޑޮޓް ކޮމް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ބަހުސްއަށް ބިރުން ސަރުކާރު ހިންގާ ކޯލީޝަނުގެ ކެނޑިޑޭޓުންތައް ފިލާފިއޯ!

– 10 ޖެނުއަރީ 2014 0

ކޮބާ ތިބުނާ ލައިވް އަފްޑޭޓސް.......

– 10 ޖެނުއަރީ 2014 1