އިހަވަންދޫ ޑޮޓްކޮމްގެ ފެހިހިޔަނި 2.0 ވާޝަނަށް މަރުހަބާ!
އިހަވަންދޫ ޑޮޓްކޮމްގެ ފެހިހިޔަނި 1.3 އަށް އަލުވަދާއު ކިއުމަށްފަހު ހިއްގައިމު ދޯދި ތަކާއި އެކު އިރު ފެނުމަތިން ހިއްލާލަނީ އިހަވަންދޫ ޑޮޓްކޮމްގެ އައު ވާޝާންކަމަށްވާ ފެހިހިޔަނި 2.0 އުދަރެހުން ދައްކާލުމާއި އެކުގައެވެ. މާޒީގެ ހިއްދަތި ހަނދާންތަކުން އިބުރަތް ލިބިގަނެ ފަރުމާކުރި އައު ވާޝަނާއި އެކު ކިއުންތެރިންނަށް ފަސޭހަކަމާއި ހިއްގައިމުކަން އޭގެ އެންމެ ފުންމިނުގައި ލިއްބައި ދެވޭނެކަމުގައި އައުވާޝަން ފަރުމާކުރި ޓީމުން އުއްމީދު ކުރަމެވެ.
މި އައު ވާޝަނުން ކިޔުންތެރިންނަށް އަޅުގަނޑުމެންގެ ސައިޓު ބެއްލެވުމުގައި ކުރިއަށްވުރެ ފަސޭހަވެގެންދާނެކަމަށް ފަރުމާކުރި ޓީމުން އުއްމީދު ކުރަމެވެ. އަޅުގަނޑުމެން މިވާޝަން ފަރުމާކުރުމުގައި ބޮޑަށް ބަލާފައިވާނީ ކުރީގެ ވާޝަނަށް ކިޔުންތެރިންގެ ފަރާތުން ލިބެމުން އައި އުފާވެރި، ބިނާކުރަނިވި ފާޑުކިޔުންތަކާއި ޚިޔާލުތަކަށެވެ. މީގެންވެސް އިނގި ހާމަވެގެންދަނީ ކިޔުންތެރިންގެ ޚިޔާލަކީ އަޅުގަނޑުމެންގެ ކުރިއެރުމަށް އޮތް ނުހަނު ބޮޑު، އެހާމެ ފުޅާ ހިއްސާއެއް ކަމެވެ. ތިޔަގޮތުގައި މިވާޝަނައްވެސް ފާޑު ކިޔުންތަކާއި ޚިޔާލުތައްވެސް ހިއްސާކުރުމުގައި ދެމިތިބޭނަކަމަށް އަޅުގަނޑުމެން ޔަޤީންކުރަމެވެ.
ވާޝަން 1.3 ކަށް އައި އެންމެ ބޮޑު ޝަކުވާއަކީ އިންޓަރނެޓް އެކްސްޕުލޯރާއިން ފޮންޓުފެނުމުގައި ދިމާވާ ދަތިތަކެވެ. އެކަން މިވާޝަންގައި ވަނީ ހައްލުކުރެވިފައެވެ. މީގެ އިތުރުން ރަށުން ބޭރުގައި ތިއްބަވާ ބޭފުޅުން އިހަވަންދޫގެ ފޮޓޯތައް ފަސޭހަކަމާއިއެކު ބެލޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން ގެލެރީ އަށްވެސް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެވިފައެވެ.
މިވާޝަންއާއި އެކު އިހަވަންދޫ ޑޮޓްކޮމް މެކުހަށް ޖަހާނެކަމަށް ފަރުމާކުރި ޓީމުން ޔަޤީންކަން ދެމެވެ. އަޅުގަނޑުމެން މިހާރު މިދަނީ މިސައިޓު މޯބައިލް އަދި އެންޑުރޮއިޑް ފޯނަށް ފައްކާކޮށްފައިވާ ވާޝަންއެއް ތައްޔާރު ކުރަމުންނެވެ. ދުވަހުގެ އިރު ފެނުޖެހޭނީ ކިޔުންތެރިން ހިއްހަމަ ޖެހިގެން ތިބެގެން ކަން ޔަޤީންކުރަމެވެ.
ޚިޔާލު ފައުޅުކުރުން