އިހަވަންދޫ ކައުންސިލްގެ ހަދިޔާއެއް ޑައިމަންޑް ކުލާހަށް — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

93 ދުވަސް

އިހަވަންދޫ ކައުންސިލްގެ ހަދިޔާއެއް ޑައިމަންޑް ކުލާހަށް

އިހަވަންދޫ ސްކޫލުގެ ރަންޔޫބީލްގެ ހަރަކާތްތަކުގެ ގުނާނަ އިފްތިތާހް ކުރެއްވުމަށާއި ދިރާސީ އައު އަހަރަށް މަރުޙަބާ ކިޔުމަށް ބޭއްވި ޚާއްޞަ އެސެންބުލީގައި އިހަވަންދޫ ސްކޫލުގެ ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުން ކިޔަވަމުންދާ ޑައިމަންޑް ކުލާސް އޭސީ ކުރުމަށް ޓަކައި އިހަވަންދޫ ކައުންސިލްގެ ފަރާތުން ދެ އޭސީ އެ ސްކޫލަށް ހަދިޔާ ކުރައްވައިފިއެވެ.

2019 ވަނަ އަހަރުގެ ޖަނަވަރީ 13 ވަނަ ދުވަހުގެ އެސެންބުލީގައި މި ދެ އޭސީ ސްކޫލާ ހަދިޔާކޮށްދެއްވީ އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ރަޝީދެވެ. މިގޮތުން، 18000 އަދި 24000 ބީޓީޔޫގެ ދެ އޭސީ ކައުންސިލްގެ ފަރާތުން އެ ސްކޫލަށް ހަދިޔާކޮށްފައިވާ ކަމަށް ސްކޫލުން މައުލޫމާތު ދެއްވިއެވެ.

މި އޭސީތައް ހަދިޔާކުރެއްވުމަށް ފަހު ވާހަކަދައްކަވަމުން ކައުންސިލްގެ ރައީސް ވިދާޅުވީ އިހަވަންދޫ ކައުންސިލުން އިހަވަންދޫ ސްކޫލުގެ ތަރައްޤީއަށް ބޭނުންވާ އެންމެހާ ކަންކަން ފުރިހަމަކޮށްދިނުމުގައި ވަރަށް ގާތުން މަސައްކަތްކޮށް، އެ ސްކޫލަށް ބޭނުންވާ ކަންކަން ފަހިކޮށްދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވާނެ ކަމަށެވެ. މިގޮތުން މިފަހަރު ކައުންސިލްގެ ފަރާތުން ދެއްވި ހަދިޔާ ޚާއްޞަކޮށްފައިވަނީ ޑައިމަންޑް ކުލާހުގެ ދަރިވަރުންނަށެވެ.

ހއ އަތޮޅުގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް އުނގަނައިދިނުމަށް ޚާއްޞަ ކުލާހެއް އުފައްދައިގެން އެންމެ ފުރަތަމަ ކިޔަވައިދޭން ފެށި ސްކޫލަކީ އިހަވަންދޫ ސްކޫލެވެ. 2009 ވަނަ އަހަރުން ފެށިގެން އެ ސްކޫލުން ދަނީ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް އުނގަނައިދެމުންނެވެ.

އިހަވަންދޫ މަދަރުސާ, އިހަވަންދޫ ކައުންސިލް, އިހަވަންދޫ ސުކޫލު ރަންޔޫބިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ