އިހަވަންދޫ ކައުންސިލަށް 7 ގޮނޑި އިތުރުކޮށްދިނީ ގަވާއިދާ ޚިލާފަށް — Ihavandhoo.com

އިހަވަންދޫ ކައުންސިލަށް 7 ގޮނޑި އިތުރުކޮށްދިނީ ގަވާއިދާ ޚިލާފަށް

5 ޑިސެމްބަރު 2013 4

3000 އަށް ވުރެ އާބާދި ބޮޑު ނަމަ އެ ރަށެއްގެ ރަށު ކައުންސިލަށް އިންތިޚާބު ކުރާނީ 7 މެމްބަރުން ކަމަށް ލާމަރުކަޒީ ޤާނޫނާއި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގައި ބަޔާންވެފައިވީ ނަމަވެސް، އިންތިޚާބަށް އިޢުލާނު ކުރާއިރު ރަށްރަށުގެ އާބާދީ ވަޒަން ކުރާނެ ގޮތް ބަޔާންކޮށްފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގަވާއިދުގެ 57 ވަނަ މާއްދާގަ އެވެ.

އެ މާއްދާގައި ބުނަނީ "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިންތިޚާބުކުރަންޖެހޭ މެންބަރުންގެ އަދަދު ކަނޑައެޅުމުގައި އެ ރަށެއްގައި ރަޖިސްޓްރީވެފައިވާ އާބާދީ ކަމުގައި ބަލާނީ، އިންތިޚާބަށް އިޢުލާނު ކުރާ އަހަރުގެ ކުރީ އަހަރުގެ ޑިސެމްބަރ 31ގެ ނިޔަލަށް އެ ރަށެއްގެ އާބާދީގެ ގޮތުގައި ރަށު ކައުންސިލްގެ އިދާރާގައި ރަޖިސްޓްރީ ކޮށްފައިވާ އާބަދީ" އަށް ކަމަށެވެ.

2014 ޖެނުއަރީ 18 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބަށް އިޢުލާނު ކޮށްފައި ވަނީ 2013 ނޮވެމްބަރުގައި ކަމަށްވާތީ ޙަވާލާދެވުނު ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިންތިޚާބަށް އިޢުލާނު ކުރެވުނު އިރު ރަށްރަށުގެ އާބާދީގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ބަލާފައި ވަނީ 2012 ޑިސެމްބަރ 31ގެ ނިޔަލަށް ރަށްރަށުގެ އާބާދީގެ ގޮތުގައި ރަޖިސްޓްރީވެފައިވާ އާބާދީ އަށެވެ.

މިގޮތުން ކައުންސިލްތަކަށް އިންތިޚާބު ކުރާނެ މެމްބަރުންގެ އަދަދާ ގުޅޭގޮތުން ކުރެވުނު އިޢުލާނުގައި ބުނެފައި ވަނީ 2012 ޑިސެމްބަރ 31ގެ ނިޔަލަށް އިހަވަންދޫގެ އާބާދީގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައި ވަނީ 2992 މީހުން ކަމަށެވެ. އެހެންވެ އެ އިޢުލާނުގައި ބުނެފައި ވަނީ ކުރިއެކޭ ވެސް އެއްގޮތަށް އިހަވަންދޫގެ ކައުންސިލަށް މިފަހަރު ވެސް އިންތިޚާބު ކުރާނީ 5 މެމްބަރުން ކަމަށެވެ.

ނަމަވެސް އިއްޔެ އިލެކްޝަންސް ކޮމިޝަނުން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ 2012 ޑިސެމްބަރ 31ގެ ނިޔަލަށް އިހަވަންދޫގެ އާބާދީ އަކީ 3001 މީހުން ކަމަށް އިހަވަންދޫ ކައުންސިލް އިދާރާއިން އެ ކޮމިޝަނަށް އަންގާފައި ވާތީ އިހަވަންދޫ ކައުންސިލަށް 7 މެމްބަރުން އިންތިޚާބު ކުރަން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް އިހަވަންދޫޑޮޓްކޮމް އަށް ކަށަވަރުވެފައިވާ ގޮތުގައި އިހަވަންދޫގެ އާބާދީ އަށް 3000 މީހުން ހަމަވެފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހު އެވެ. މިގޮތުން ޖެނުއަރީ 9 ވަނަ ދުވަހު އިހަވަންދޫޑޮޓްކޮމް އަށް ދެއްވި ބަސްދީގަތުމެއްގައި ކައުންސިލްގެ ރައީސް މުޙައްމަދު ސަމީރު ވިދާޅުވެފައި ވަނީ " ލަފާކުރެވޭގޮތުން، އިހަވަންދޫގެ އާބާދީން އިތުރުމީހަކު ނިޔާނުވެ، އުފަންވާ ކުދިންގެ ރޭޓަށް ބަލާއިރު ކުރިއަށް އޮތް މަސްދުވަސްތެރޭ، އިހަވަންދޫގެ އާބާދީގައި 3000 ހަމަވާނެ. އަދި މިއަދު ރަށުކައުންސިލުން މިނިންމީ، އާބާދީގައި 3000 ހަމަވާއިރު، އެކުއްޖަކަށް 3000 ރުފިޔާ ކައުންސިލްގެ ފަރާތުން ދިނުމަށް" ކަމަށެވެ.

އިހަވަންދޫ ކައުންސިލް, ލޯކަލް ކައުންސިލް އިންތިހާބު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ސަމީރު އާއި މަންސޫރަށް ޓިކެޓް ނުލިބުނީމަ މޑޕ އިތުރު 2 ޓިކެޓް ހޯދުމަށް އޮޅުވާލި ބޮޑު އޮޅުވާލުމެއް ތީ... ސަމީރު އާއި މަންސޫރު މާލެ ގޮސް އަންނިއާ ބައްދަލް ކުރުމަކީ ވެސް ތި ދެމީހުންނަށް ޓިކެޓް ލިބޭނެ ގޮތް ހޯދަން ގަތް ގަނޑެއް... ސަމީރުމެން ދެން ރައްޔިތުން ބަލާ ނުގަތީމަ ކީއްކުރަން ތިހެން އުޅެނީ... އަތުން ފައިން މަސައްކަތެއް ކުރަން ބޭނުން ނުވަނީ ތަ؟ މޭޒު ދޮށުގައި އިނދެ ބޮޑު މުސާރަކާން ދޯ ބޭނުމީ... އެ މަންސޫރު ވެސް އެ ކޮންކަހަލަ މޮޅު މަސައްކަތްތެރިއެއް... މިހާރު އެހެރި ހަލާކުވެފަ

– 5 ޑިސެމްބަރު 2013 1

ޒާތީވެ ހަސަދަވެރި ނުވާށެވެ.........

– 6 ޑިސެމްބަރު 2013 1

ހަޤީގަތް އެއަކީ: އަހަރަމެން ހަދާންވޭބަ 3000 ހަމަވެގެން މި އަހަރު ކުއްޖަކަށް 3000 ރުފިޔާ ދިންހަދާން

– 8 ޑިސެމްބަރު 2013 0

މަ ކުރިން ހުރީ މިހާރު އޮތް ކައުންސިލަށް ވޯތުދޭން ދެނެއް އެކަމު ނުދޭނަން

– 8 ޑިސެމްބަރު 2013 0