އިހަވަންދޫ ކައުންސިލްގެ ނިންމުން ބާތިލު: އެލްޖީއޭ

19 ޖޫން 2017 2

އިހަވަންދޫ ކައުންސިލުން ބިދޭސީންއާ ގުޅޭ ގޮތުން ނިންމި ނިންމުމަކީ ޤާނޫނީ ގޮތުން ބާތިލު ނިންމުމެއް ކަމަށް ލޯކަލް ގަވަރުމެންޓް އޮތޯރިޓީ އިން ބުނެފި އެވެ.

އިހަވަންދޫ ކައުންސިލުން އިއްޔެ ބޭއްވި ކުއްލި ބައްދަލުވުމުގައި ވަނީ އިހަވަންދޫގައި ބިދޭސީން މީގެފަހުން އަމަލުކުރަންޖެހޭނެ ކަންތައްތަކެއް ކަނޑައަޅާފަ އެވެ.

އެގޮތުން ރޭގަނޑުގެ 10 ގެ ފަހުން ބިދޭސީން ގެއިން ބޭރަށް ނުކުމެ އުޅުން މަނާކުރުމާ، ހުކުރު ދުވަސްތަކުގެ 14:00 އާއި 17:00 އާ ދެމެދު ނޫނީ ބޭރަށް ގުރޫޕް ހަދައިގެން ނިކުމެ އުޅުން މަނާކުރުމާއެކު، ކައުންސިލްގެ އިހުތިސޯސް އޮންނަ އެއްވެސް ސަރަހައްދެއްގައި ބިދޭސީން މަސްވެރިކަމުގެ މަސައްކަތްތައް ކުރުމާއި ވަލަށް ވަދެ، ކާށި، ދަރު އަދި ފަން ހޮވުން މަނާކުރުމާއެކު  ކުނިގޮނޑަށް ކުނި އުކަން ފިޔަވައި އެހެން ބޭނުމެއްގައި ދިޔުން ވެސް ވަނީ ބިދޭސީންނަށް މަނާކޮށްފަ އެވެ.

އިހަވަންދޫގައި ދިރިއުޅޭ ހުރިހާ ބިދޭސީން ވެސް އިއްޔެ އިން ފެށިގެން ކުރިއަށް އޮތް 5 ދުވަސް ތެރޭގައި އިހަވަންދޫ ކައުންސިލްގައި ރަޖިސްޓްރީވުމަށް އަންގާފައި ވާއިރު، އެ ރަޖިސްޓްރީގައި ގަވައިދާ އެއްގޮތަށް އުޅޭ ބިދޭސީން ވެސް ރަޖިސްޓްރީ ވާން ޖެހޭނެ އެވެ. އެހެންނޫނީ ގަވައިދާ ހިލާފަށް އުޅޭ ކަމަށް ނިންމާ ރަށުން އެމީހުން ފޮނުވާލުމުގެ މަސައްކަތް ކުރާނެ އެވެ. ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރަށުން ހުސްކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.

 

ނަމަވެސް އެ ފިޔަވަޅުތައް އެގޮތަށް ނޭޅޭނެ ކަމަށާއި އެއީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ލޯކަލް ގަވަރުމެންޓް އޮތޯރިޓީން ބުންޏެވެ. އަދި ފުލުހުންނާ ގުޅިގެން އާންމު ރައްކާތެރިކަމަށް މަސައްކަތް ކުރުމަށް އިހަވަންދޫ ކައުންސިލަށް އަންގާފައިވާނެ ކަމަށް ވެސް ލޯކަލް ގަވަރުމެންޓް އޮތޯރިޓީން ވަނީ ބުނެފައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ތިޔަ އިޢުލާންގަ ހުރި ޤާނޫނާ ކިލާފްކަންތައްތަކެއްގެ ސަބަބުން މުޅި އިޢުލާން ބާތިލްކުރަންޖެހުނީ․․ އެހެންވީމަ ތީގަހުރި ރަނގަޅުކަންކަމަށްވެސް އަމަލުނުކުރެވޭނެ

– 19 ޖޫން 2017 1

ސަތޭކަ ޕަރސެންޓް އިދިކޮޅުވީމަ ހަސަދައެއް ފިލުވައިލީ ދޯ

– 19 ޖޫން 2017 0