އިހަވަންދޫ ކައުންސިލުން ރައްޔިތުންނާ ބައްދަލުކޮށްފި

6 ޖުލައި 2017 2

ލާމަރުކަޒީ ގާނޫނުގެ 110 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކޮންމެ އަހަރެއްގެ ޖުލައި މަސް ނިމުމުގެ ކުރިން ރައްޔިތުންނާއި އެކު ބާއްވަން ޖެހޭ ބައްދަލުވުން، އިހަވަންދޫ ކައުންސިލުން ބާއްވައިފި އެވެ.

އިހަވަންދޫ ކައުންސިލުން ރައްޔިތުންނާއި ބައްދަލުކޮށްފައި ވަނީ ރޭ 8:30 ގައި އިހަވަންދޫ ސުކޫލުގެ ހޯލުގައެވެ. ރޭގެ ބައްދަލުވުމުގައި ކައުންސިލްގެ ވިޝަން އާއި މިޝަން، އިދާރީ އޮނިގަނޑު ރާވާލާފައިވާ ގޮތް، ކައުންސިލްގެ މާލީ ހާލަތު، ކައުންސިލްގެ 3 ވަނަ ދައުރުގައި މިހާތަނަށް ކުރެވުނު އެންމެހާ ކަންތައްތައް ކައުންސިލުން ވަނީ ރައްޔިތުންނާ ހިއްސާކޮށްފައެވެ. އަދި ރައްޔިތުންގެ ސުވާލު ތަކަށް ކައުންސިލުން ވަނީ ޖަވާބު ދެއްވާފައެވެ.

މިބައްދަލުވަށް ރައްޔިތުންގެ ފަރާތުން ލިބިފައިވަނީ ފިނި ތަރުހީބެއްކަން ފާހަގަ ކުރެވެއެވެ.

އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ރައްޔިތުންގެ މަދު މީހަކު ދިޔައީ، ޖުމުލަ 30 މީހުން․ އަސްލުގާ ރައްޔިތުމީހާއަށް ނޭގެނީ ތިކަހަލަ ކަންކަމުގެ މުހިއްމުކަން․ ޝުކުރިއްޔާ ކައުންސިލް ޤާނޫނުން ލާޒިމްކުރާ ހުރިހާ ކަމެއް ކުރާނެކަމަށް އުއްމީދުކުރަން․

– 6 ޖުލައި 2017 0

އެންމެ 30 މީހުންނާ ބައްދަލުކޮށްފަ ރައްޔިތުންނާ ބައްދަލުކޮށްފީމޭ ބުނުމަކީ ވަރަށް ބޮޑު އޮޅުވާލުމެއް․

– 6 ޖުލައި 2017 0