2012 ވަނަ އަހަރު އިހަވަންދޫޑޮޓްކޮމް އަށް ބޮޑެތި ކުރިއެރުންތަކެއް — Ihavandhoo.com

2012 ވަނަ އަހަރު އިހަވަންދޫޑޮޓްކޮމް އަށް ބޮޑެތި ކުރިއެރުންތަކެއް

 

ވޭތުވެ ދިޔަ އަހަރުތަކުގައި އިހަވަންދޫ ޑޮޓްކޮމްގެ ޓީމުން ވަނީ އާންމުންނާ ހަމައަށް ތާޒާ ޚަބަރާއި މުނިފޫހިފިލުވައިދޭ ވާހަކަތައް ހިތްހަމަ ޖެހުމާ އުފަލާއެކު ފޯރުކޮށްދީފައެވެ. 2012 ވަނަ އަހަރަކީ އިހަވަންދޫ ޑޮޓްކޮމްގެ ތާރީޚުގައި ރަންއަކުރުން ފާވާލެވޭނެ އަހަރެއްކަން ޔަޤީނެވެ. މިދިޔަ އަހަރަކީ އިހަވަންދޫ ޑޮޓްކޮމްއަށް ބޮޑެތި ކުރިއެރުންތަކެއް ލިބުނު އަހަރެކެވެ. އެތަކެއް ތަޖްރިބާ ތަކެއް ކުރެވުނު އަހަރެކެވެ. ހަމަ އެހެންމެ އެތަކެއް ގޮންޖެހުންތަކެއްވެސް ކުރިމަތި ކުރުވި އަހަރެެކެވެ. ނަމަވެސް އިހަވަންދޫ ޑޮޓްކޮމްގެ ޓީމުންވަނީ އެގޮންޖެހުންތަކާއެކުވެސް ޚަބަރު ފޯރުކޮށްދިނުމުގައި ހީވާގި ކަމާއެކު މަސައްކަތްކޮށް ކާމިޔާބު ހޯދާފައެވެ.

އިހަވަންދޫ ޑޮޓްކޮމްގެ ތާރީޚަށް ބާލާލުމުން އެނގެނީ އިހަވަންދޫ ޑޮޓްކޮމްއަންނަނީ އަހަރަކަށް ވުރެ އަހަރެއް ކުރިއަރަމުން ކަމެވެ. އެހެންނަމަވެސް މިދިޔަ އަހަރަކީ އިހަވަންދޫ ޑޮޓްކޮމްއަށް ބޮޑެތި ބަދަލުތަކަކާއި އިންގިލާބުތަކެއް ގެނުވި އަހަރެކެވެ. އެގޮތުން އިހަވަންދޫ ޑޮޓްކޮމްގެ މަލަމަތި މިވަނީ ރަނގަޅު ފެންވަރަކަށް ފަރުމާކޮށްފައެވެ. އިހަވަންދޫ ޑޮޓްކޮމްގެ ކުލައަކީ ފެހި ކުލަކަމުގައި ކަނޑައަޅާ އައު ލޯގޯއެއްވެސް ހަދާފައެވެ. އަދި އިހަވަންދޫ ޑޮޓްކޮމްއިން ވިޔަފާރި ކުރެވޭ ގޮތްވެސް މިވަނީ ޤާއިމް ކުރެވިފައެވެ. ކިޔުންތެރިންނަށް ހިޔާލު ހުށަހެޅޭނެ ގޮތްތަކާ ލިޔުންފޮނުވޭނެ ގޮތްތައްވެސް ވަނީ ޤާއިމު ކުރެވިފައެވެ.

މިދިޔަ އަހަރު އިހަވަންދޫ ޑޮޓްކޮމްއިން ބޮޑު ދެކާމިޔާބެއް ވަނީ ހާސިލް ކޮށްފައެވެ. ފުރަތަމަ ކާމިޔާބީއަކީ އިހަވަންދޫ ޑޮޓްކޮމްގެ ވެބްސައިޓް، އިހަވަންދޫ ޑޮޓްކޮމްއިން އަމިއްލަ އަށް ފަރުމާކުރުމެވެ. ދެވަނަ ކާމިޔާބަކީ އިހަވަންދޫ ޑޮޓްކޮމްގެ ކާނާ ކަމުގަައިވާ ކިޔުންތެރިން އެހެން އަހަރުތަކާ ހިލާފަށް މިދިޔަ އަހަރު އިތުރުވުމެވެ. ހާއްސަކޮށް މިދިޔަ އަހަރު ފަހުކޮޅު އިހަވަންދޫ ޑޮޓްކޮމްގެ ލިޔުންތައް ވަރަށް ގިނައަދަދެއްގެ ކިޔުންތެރިން ވަނީ ކިޔާފައެވެ. މިކަމަށްޓަކައި އިހަވަންދޫ ޑޮޓްކޮމްގެ ޓީމުގެ ނަމުގަޔާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި އެ ކިޔުންތެރިންނަށް ހިތުގެ ފުންމިނުން ޝުކުރު ދަންނަވަމެވެ. އަދި އިހަވަންދޫ ޑޮޓްކޮމްއިން އަމިއްލައަށް ފަރުމާކުރި ވެބްސައިޓް ފަރުމާކުރުމުގައި އިހަވަންދޫ ޑޮޓްކޮމްއަށް އެކި ގޮތް ގޮތުން އެހީތެރިވެދިން ފަރާތްތަކަށް ހިފެހެއްޓުމެއް ނެތި ޝުކުރުދަންނަވަމެވެ.

މިއަހަރަކީ އިހަވަންދޫ ޑޮޓްކޮމްއަށް މިދިޔަ އަހަރު ގެނައި ހެޔޮ ބަދަލުތަކުގެ ފޮނި މޭވާ އަޅާނޭ އަހަރެވެ. މިދިޔަ އަހަރު އެކި ގޮތް ގޮތުން އިހަވަންދޫ ޑޮޓްކޮމްއަށް އެހީތެރިވެދިން ފަރާތްތަކަށް އަބަދާއި އަބަދު ހިފެހެއްޓުމެއްނެތި ޝުކުރުދަންނަވާ ޙާލު، މިއަހަރު އިހަވަންދޫ ޑޮޓްކޮމްއަށް މިދިޔަ އަހަރަށްވުރެއް ރަނގަޅު ކާމިޔާބީ އެއް ލިބޭނެ ކަމުގެ އުންމީދުގައި މިލިޔުން ނިންމާލަމެވެ.

 

އިހަވަންދޫ ޑޮޓް ކޮމް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މަރުހަބާ ތިޔަ ކުރިއެރުންތަކަށް އެކަމު ބުނެލަން އޮތީ އަސްލު ލިޔުންފޮނުއްވުމުގެ ފުރުސަތެއް ނެތޭ...އެއީ ތިރިގައިވާ 'ލޮޔުން ފޮނުއްވުމަށް' އަށް ފިއްތާލީމަ އަރަނީ 'no file specified'..އެހެން ވީމަ ފުރުސަތެއް އަސްލު ނެތް ދޯ ...

– 5 އޭޕުރީލު 2013 0

މަރުހަބާ ތިޔަ ކުރިއެރުންތަކަށް އެކަމު ބުނެލަން އޮތީ އަސްލު ލިޔުންފޮނުއްވުމުގެ ފުރުސަތެއް ނެތޭ...އެއީ ތިރިގައިވާ 'ލޮޔުން ފޮނުއްވުމަށް' އަށް ފިއްތާލީމަ އަރަނީ 'no file specified'..އެހެން ވީމަ ފުރުސަތެއް އަސްލު ނެތް ދޯ ...

– 5 އޭޕުރީލު 2013 0