އިހަވަންދޫޑޮޓްކޮމް ވިއްކާލުމުގެ ޚިޔާލެއްނެތް: މަސްއޫލުވެރިޔާ — Ihavandhoo.com

އިހަވަންދޫޑޮޓްކޮމް ވިއްކާލުމުގެ ޚިޔާލެއްނެތް: މަސްއޫލުވެރިޔާ

އިހަވަންދޫޑޮޓްކޮމް ވިއްކާލުމުގެ އެއްވެސް ޚިޔާލެއް ނެތްކަމަށް އިހަވަންދޫޑޮޓްކޮމްގެ މަސްއޫލުވެރިޔާ ރެޑްސްޓަރ / އަބްދުﷲ ހަމީދު ވިދާޅުވެއްޖެއެވެ. އެބޭފުޅާ މިހެން ވިދާޅުވީ ބައެއް ފަރާތްތަކުން އިހަވަންދޫޑޮޓްކޮމް ގަތުމަށް މަސައްކަތްކުރާކުމުގެ މައުލޫމާތު ލިބެމުން ދާތީ އެކަމާ ގުޅޭގޮތުން އެބޭފުޅާއާ ސުވާލުކޮށްލުމުންނެވެ.

އިތުރަށް މައުލޫމާތު ދެއްވަމުން ހަމީދު ވިދާޅުވީ ސިޔާސީ ފަރާތްތަކުން އެފަދަ ހުށަހެޅުންތައް އަންނަމުންދާ ކަމަށެވެ. "ބޮޑަށް ބެލެވެނީ އެމީހުން ބޭނުންވާ ގޮތަށް ސައިޓްގެ ކޮންޓެންޓް ބަދަލުކުރުމުގެ ވިސްނުން ހުރިކަމަށް" ހަމީދު ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ ސައިޓްގެ އެއްވެސް ލިއުންތެރިއަކަށް ވަކިފިކުރަކަށް ލިއުންތައް ބައްޓަންކުރަން ނާންގާ ކަމުގައެވެ. ނަމަވެސް ހިޔާޅުފާޅުކޮށް ލިޔާ ލިޔުންތަކާއި ރިޕޯޓްތަކުގައި އެމީހެއްގެ ފިކުރު ހުރުމަކީ އެކަށީގެންވާ ކަމެއްކަމަށާއިނަމަވެސް ޚަބަރުތަކުގައި އެއްވެސް ވަރަކަށް ލިޔުންތެރިންގެ އަމިއްލަ ޚިޔާލު ނުހުންނާނެކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބައެއް ސިޔާސީ ފަރާތްތަކުން އިހަވަންދޫޑޮޓްކޮމް ގަތުމަށް ހުށަ ހެޅުންތައް ހުށަހަޅަމުންދާތާ ދުވަސްތަކެއްވެއްޖެއެވެ.

އިހަވަންދޫ ޑޮޓް ކޮމް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މި ނުގަނެވިގެންދޯ މާ ރުޅިއައިސްގެން އެއުޅެނި

– 9 މާރިޗު 2016 0

ވެގެން އުޅޭގޮތް މިހާރު ވަރަށް ސާފު ވެއްޖެ․ ވިއްކާ ނުލާގެން ޕުރެޝަރ މައްޗަށް ދަނީދޯ ބައެއް ކުދިން․ ހެހެ

– 10 މާރިޗު 2016 0

އަދި ކިރިޔާ ވެގެން އުޅޭގޮތް މި އެގުނީ <br>

– 11 މާރިޗު 2016 0